އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގައި އިންތިހާބުވި ފަރާތްތަކާއެކު ޕާޓީއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯލިހު ވަނީ އިއްޔެ އިންތިހާބުވި އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
އިއްޔެ 14:30 އިން ރޭ 9:00 އަށް ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގައި މާލެ ސިޓީގެ ރައީސްކަމަށް ބޮޑު ތަފާތަކުން އިންތިހާބުވެފައިވަނީ އާދަމް އާޒިމް އެވެ. މި ދާއިރާއަށް ވާދަ ކުރައްވާފައި ވަނީ މޭޔަރު އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހެވެ.
އާޒިމް މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 1079 ވޯޓު ހޯއްދަވައިގެންނެވެ. ފަލާހު އަށް ލިބިވަޑައިގަތީ 470 ވޯޓެވެ.
އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި މާލޭގެ ކުރީގެ މޭޔަރު ޝިފާ އެމްޑީޕީން ވަކިވުމުންނެވެ. އެމްޑީޕީގެ މާލެ ސިޓީގެ ރައީސްކަމުގެ ގޮނޑީގެ އިތުރުންވެސް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ 21 ދާއިރާއަކަަށް މެންބަރުން ވަނީ އިއްޔެ އިންތިހާބު ކޮށްފައެވެ.
މި އިންތިހާބުގެ ވޯޓު ފޮށިތައް 24 ރަށެއްގައި ބެހެއްޓިއިރު މާލެ ސަރަހައްދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައެވެ.
ގައުމު ދަރަނިވެރިކޮށް ބޭރުބައެއްގެ އަޅުވެތިކަމުގެ ތެރެއަށް ގައުމު ވައްޓާލާ، ދިވެހި މަސް ކަނޑާ ފޯޅަވަހިވެސް ވިއްކާލާފަ ތިބި ކްރިމިނަލް ކަލްޓަކަށް އިންޝާﷲ ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ.
ކޮބައިތޯ އެހެން ދާއިރާ ތަކުގެ ނަތީޖާ އޮޅުވާނުލައްވާ ހާމަކުރައްވާ