ބިދޭސީއެއްގެ އަތުން ފޭރުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު ކުޅުދުއްފުށީ ސިޓީގައެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ފޭރުނު މައްސަލަ މިއަދު ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބިދޭސީ މިހާގެ އަތުން ފޭރުނީ ކޮން އެއްޗެއް ކަމެއް ނުވަތަ އެކަމާ ގުޅޭ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.