ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިސްތިއުފާ އަށް ގޮވާލައި ރައްޔިތުން މަޖިލިސް ކުރާ ގެ ކައިރީގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ.
ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި އަޑުގަދާ ކުރާ ބޭނުން ކޮށްގެން އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދަނީ ޝަމީމް މަގާމުން ވަކި ކުރުމުގެ އިތުރުން ވާނުވާ ބަންދު ނުވަތަ މުއްދަތެއް ނެތް ގޮތަށް ބަންދު ކުރާ ކުރުން އުވާލުމަށެވެ.
ޝަރީއަތުން ސާބިތު ނުވި ނަމަވެސް މައްސަލައެއްގައި ތުހުމަތު ކުރެވޭ އިރަށް ޖަލުގައި ބަންދު ކުރުމަކީ ކަންބޮޑުވުން ހުރިކަމެއްކަން ފާހަގަ ކޮށް އިހުތިޖާޖުގެ ބައިވެރިން ދަނީ އެފަދަ ވާނުވާ ބަންދުތައް އުވާލުމަށް ގޮވާލަމުންނެވެ. މީހަކު ކުށެއް ނުކުރާ ކަމަށް ޝަރީއަތަށް ސާބިތު ނުވާހާ ހިނދު އޭނާ އަކީ ކުށެއް ނުކުރާ މީހަކާ އެއްފަދަ މީހެއް ކަމަށް މީގެ ކުރިން ބުނަމުންދިޔަ ނަމަވެސް ރާއްޖޭގައި މިހާރު އަމަލު ކުރަމުންދަނީ އެގޮތަށް ނޫން ކަމަށް ބުނެ އިހުތިޖާޖުގެ ބައިވެރިން ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.
އަދި ހަމައެހެންމެ ދާދިފަހުން ޖަލުގައި ނިޔާވި ޖަމީލްގެ މަރާ މެދު ސުވާލު އުފައްދާ އެކަން ހިނގި ގޮތުގެ ތަހުގީގު ކުރުމަށްވެސް އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދެއެވެ.
އަދި ޕީޖީ ޝަމީމަކީ އިސްލާމް ދީނާ ހިލާފަށް ކަންކަން ކުރަމުންދާ މީހެއް ކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެމީހުން ބުނަމުން ދަނީ އެމްޑީއެންގެ ރިޕޯޓު ނެރުނު އިރު އޭރުގެ އިސް މަގާމެއްގައި އޭނާ ހުންނެވުމެވެ.
އަދި ރާއްޖޭގައި ހިނގާ ކަންކަމާމެދު އިންސާފުން ކަން ކުރުމުގެ ބަދަލުގައި ވަކި ބަޔަކަށް މަންފާ ކުރާނެ ގޮތަށް ޝަމީމު އަމަލު ކުރައްވަމުން ގެންދަވާ ކަމަށް އިހުތިޖާޖުގެ ބައިވެރިން ދަނީ ތުހުމަތު ކުރަމުންނެވެ.
އަދި އިހުތިޖާޖުގެ ބައިވެރިން ދަނީ ސަރުކާރު ތަމްސީލް ކުރަމުންދާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރުމަށް ވެސް އެދެމުންނެވެ.
މިސަރުކާރަށް އެނގޭބާ އެމީސްމީހުން ބައިތިއްބާގެން ސަރުކާރު ނުހިންގޭނެކަން.