މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާ ރަނގަޅު ކުރުމަށް މިދިޔަ އެމްޑީޕީގެ ސަރުކާރުން ވެސް މާ ބޮޑު ކަމެއް ނުކުރާ ކަމަށް ރައީސް ނަޝީދު ސަރުކާރުގައި އޭޖީކަން ކުރެއްވި ގާނޫނީ ވަކީލު އަދި ބާކައުންސިލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަމުގައި މި ސަރުކާރުން ކަން ކުރަނީ ގޯސްކޮށް ކަމަށް ބުނުމުންނެވެ.
އެގޮތުން އެމްޑީޕީން ބުނެފައި ވަނީ ޑްރަގުގެ ބައްޔަށް ފަރުވާ ދެމުން ދަނީ އެންޑީއޭގައި އޮންނަ ކިއު ތަރުތީބުން ކަމަށެވެ. ނަމަވެސް ކިއު ނަންބަރު އެތަނުގެ ބައެއް މުވައްޒަފުން ވިއްކަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި މިއީ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ގާނޫނީ ވަކީލު މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް އެމްޑީޕީގެ ސަރުކާރުން ވެސް މާނަ ހުރި އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި އެކަން ކުރުމުގެ ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށެވެ. އޭރުވެސް "ފަރުވާ" އަށް ޖާގަ ދިނުމުގައި ނާޖާއިޒު ކަންކަން ހިނގާކަން އެންމެން ދަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ ގިނަ މީހުން ފަރުވާއަށް ދިއުމަށް އެދެމުން އަންނަ އިރު، ފަރުވާ ހޯދުމަށް އެދިފައި ތިބޭ މީހުންގެ ލިސްޓު ދިގުވެގެން އެތައް ދުވަހަކު ފަރުވާއަށް ނުގޮސް ތިބެން ޖެހޭ މައްސަލައަކީ އެތައް އަހަރުތަކެއް ވެފައިވާ މައްސަލައެކެވެ. އެގޮތުން އެ ކިއު ދިގުވެ، ގިނަ ދުވަހު މަޑުކުރަން ޖެހޭ އިރު، އަނބުރާ މަސްތުވާތަކެތި ބޭނުން ކުރުމަށް ދާ މީހުން ވެސް މަދެއް ނޫނެވެ.
މިކަން ހައްލު ކުރުމަށް މި ސަރުކާރުން އަންނަނީ މަސްތުވާތަކެތީގެ ފަރުވާ ދެވޭ މީހުންނަށް ދެމުންގެން ދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި ރެސިޑެންޝަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލައި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާ އަށް ގެނެއުމަށްޓަކައި އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ޕްރެވެންޝަން މަސައްކަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް އެ މަސައްކަތްތައް އެކިއެކި އުމުރުފުރާއަށް ޓާގެޓްކޮށް ގައުމީ ފެންވަރުގައި މި މަސައްކަތްތައް ކުރުމަށް ވެސް ވަނީ ރާވާފައެވެ. މީގެ އިތުރުން ރިކަވަރީގައި ތިބި ފަރާތްތަކަށް އާފްޓާ ކެއާގެ ހިދުމަތްތައް ފަށައިގެން ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ.
ނުކުރާނެ އެމްޑީޕީގެ ސަރުކާރު ތަކުގަ ވެރިކަން ކުރެއްވީ ހަމަ އޭގެމީހުން އެހެންވީމަ އެމީހުން ކޮންމަސައްކަތެއްތޯ ކުޜާނީ އެކަން ވަރަށް ރަނގަޅައް ސާބިތުވާނެ އެމްޑީޕީ ސަރުކާރު ތަކުގަ ލާދީނީ ކަންތަކާ އެއްޖިންސުން ގުޅުން ހިންގުވާ ﷲ އާއި ރަސޫލާއައް ހަޖޫޖެހުމާއި ފުރައްސާރަ ކުރުމާއި މިތިބަ ކަންތައްތަކަށް ބެލީމާ