މަސްތުވާތަކެތީގެ މައްސަލައިގައި ވިލިމާލެއިން ހައްޔަރުކުރި 4 މީހުން މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިމަހުގެ 18 ވަނަ ދުވަހު ވިލިމާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމައިހު (ޖުމާ)ގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން ޝާހިލް މުހައްމަދުއެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހަށެވެ.
އެހެންނަމަވެސް އެމީހުން ބަންދުން ދޫކޮށްލާފައިވާއިރު 'ދަ ޕްރެސް'އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައެއްގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، 4 މީހުންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި ހަތަރު މީހުންގެ މައްސަލަވެސް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް ފުލުހުން ބުނީ ކޯޓު މަރުހަލާގެ ތެރެއިން ކުރިއަށް ދާ ވަގުތު، އެމީހުން އަލުން ބަންދުގައި ބޭތިއްބުމަށް ނުވަތަ ހައްޔަރުކޮށްފައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފި ހާލަތެއްގައި، އެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރާނެ ކަމަށެވެ.
މި ތިން މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އަދި އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާއިރު އެ ތިން މީހުންގެ ކުޑަކަމުދާ ތަކެތި 'އެމްއޭޕީ' އާއި (ސީއޭޓީ' އަށް ފޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
