ހދ. ހަނިމާދޫގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ 64 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަން ގޮތަށް ހަބަރެއް ނުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެޓެންޑް ވެފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ގޮސް ކޮޓަރިއަށް ވަދެ ބެލިއިރު އެއްވެސް ހަރަކާތެއް ނެތި އެނދުމަތީގައި މީހާ އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހަނިމާދޫ ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔައިރު ވެސް މީހާ މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރާ ހަވާލީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.