ޔޫރޯ 2024 އާ ދިމާކޮށް އުރީދޫގެ ސޮނީ ލައިވް ޕްރީމިއަމް އެކްސެސް 30 ދުވަހުގެ މުއްދަތަކަށް ހިލޭ ލިބޭ ގޮތް އުރީދޫ އިން ހަދައިފިއެވެ.

އުރީދޫއިން ބުނީ 250ރ އަށް 100 ޖީބީ އާއެކު މި ފްރީ ޕްރީމިއަމް އެކްސެސް ލިބިގެން ދާނެ ކަމަށާއި މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް މި ފުޓްބޯޅަ އީދަކީވެސް އުފާވެރި މަޖާ ސީޒަނަކަށް ހެދުމަށްޓަކައި އުރީދޫއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އުރީދޫގެ ސުޕާ އެޕް ގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް އުރީދޫ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އިންތިޒާމު އުރީދޫއިން ވަނީ ހަމަޖައްސާފައެވެ. ސްޕިން ދަ ވީލްގައި ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބޭނެއެވެ. އަދި އުރީދޫ އެޕް މެދުވެރޮކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓް ލިބޭނެ އެވެ. ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ ތަކެތި ހިމެނެ އެވެ.

ސްޕިން ދަ ވީލްގެ އިތުރުން އުރީދޫ ސުޕާއެޕް މެދުވެރިކޮށް "ގޭސް ދަ ސްކޯ" މުބާރާތެއްވެސް ކުރިއަށްދާނެއެވެ. ކޮންމެ މެޗެއްގެވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުރސަތު ހުޅުވާލެވޭނެއެވެ. އަދި ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ވަނީ ހުށައެޅިފައެވެ. މިގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ކިޓެއް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެ އެވެ.

މީގެއިތުރުން އުރީދޫ ޔޫރޯ ފެންޓަސީ ލީގެއްވެސް ކުރިއަށް ދާއިރު، މި ލީގުގައި ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑް އިނާމަށް ވާދަކުރެވޭނެ އެވެ. މި ފެންޓަސީ ލީގުގެ ސަބަބުން ސަޕޯޓަރުންނަށް މި މުބާރާތުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ ޔޫރޯ 2024 ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓާމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދިނުމަށް ނިންމާފައިވާ ކަންތައްތަކެވެ.