އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ގާއިމު ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ސުލްހައިގެ ޕްލޭންގެ ފުރަތަމަ ފިޔަވައްސަށް އެއްބަސްވެވިދާނެ ކަމަށް ނަތަންޔާހޫއާ ހަވާލާދީ އިޒްރޭލު މީޑިއާ އިން ބުނެފިއެވެ.
ބައިޑަންގެ ހުށަހެޅުއްވުމުގެ ފުރަތަމަ މަރުހަލާގައި އޮތީ 6 ހަފްތާއަށް ހަމަލާތައް ހުއްޓާލުމާއެކު ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުން ދޫކޮށްލަށް ޝަތުރު ކުރާ ހުށަހެޅުމެވެ.
ނަތަންޔާހޫ ބައިވެރިވި ވި އިޒްރޭލުގެ ޕާލިމެންޓްގެ ސިއްރު ބައްދަލުވުމެއްގައި އޭނާ ދެއްކި ވާހަކައެއް ކަމަށް ބުނެ އިޒްރޭލުގެ ޓީވީން ބުނީ, އެތެރެއާއި ބޭރުން އަންނަ ޕްރެޝާތައް ބޮޑު ކަމަށާއި ބައިޑަންގެ ހުށަހެޅުއްވުމުގެ ދެވަނަ ފިޔަވައްސަކާ ހަމައަށް ދިޔުމުގެ ކުރިން އޮތް ފުރަތަމަ ފިޔަވައްސަށް އެއްބަސް ވެވިދާނެ ކަމަށެވެ.
އެ މޭރުމުން ވާހަކަ ދައްކާ ނަތަންޔާހޫވެސް ޓީވީގައި ބަޔާނެއް ދީފައި ވާ އިރު އޭނާ ބުނެފައި ވަނީ, އަމާޒަކީ ހަމާސް ނައްތާލައި ރަހީނުން މިނިވަން ކުރުން ކަމަށާއި އެކަމަށް ހަނގުރާމަ އާ ގުޅިގެން އެކުލަވާލި ހަނގުރާމައިގެ ކެބިނެޓުން އޮތީ މާ ކުރިން އެއްބަސްވެ ގޮތް ނިންމާފައި ކަމަށެވެ. ހަމާސް ނައްތާލުމަކީ އެންމެ އިސްކަން ދޭ ކަންތައް ކަމަށާއި މިހާރު ދައްކާ ވާހަކަ އަކީ އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ.
ނަތަންޔާހޫއާ ހަވާލާދީ އިޒްރޭލު ސަރުކާރުގެ ތަރުޖަމާން ބުނެފައިވަނީ ބައިޑަންގެ ހުށަހެޅުއްވުމުގެ ފުރިހަމަ ތަފްސީލުތައް ނުލިބޭ ކަމަށް ނަތަންޔާހޫ ބުނެފައި ވާ ކަމަށާއި ހަނގުރާމަ ހުއްޓާލި ނަމަވެސް ހުއްޓާލާނީ ރަހީނުން މިނިވަން ކުރުމަށް އެކަނި ކަމަށެވެ. ދެން އޮތް މަރުހަލާއާ މެދު ވިސްނާނީވެސް ރަހީނުން މިނިވަން ވުމަށް ފަހުގައި ކަމަށް ވެސް ނަތަންޔާހޫ އާ ހަވާލާދީ އޭނާ ބުނެއެވެ.
ބައިޑަންގެ ހުށަހެޅުއްވުމުގައި ފުރަތަމަ 6 ހަފްތާ ނިމި ދެން ފެށޭ މަރުހަލާގައި ގާޒާއިން އިޒްރޭލު ސިފައިން ފޭބުމާއި އެހާރުން ވެސް ހަމާސްގެ އަތްދަށުގައި ދިރި ހުރި ރަހީނަކު ހުރިނަމަ އެ ތިބި ބަޔަކު ދޫކޮށްލުން ހިމެނެއެވެ. އަދި ތިންވަނަ މަރުހަލާގައި އޮތީ ގާޒާ އާބާދު ކުރުމާއި ގިނަ ފަރާތްތަކެއް ބައިވެރިވާ ސަރުކާރެއް އުފެއްދުމެވެ.
ބައިޑަން އެދިވަޑައިގަންނަވާ ގޮތަށް އެއްބަސްވާން އިޒްރޭލާއި ހަމާސް އަށް އެކި ފަރާތްތަކުން ޕްރެޝަރު ކުރަމުން ގެންދާއިރު އިޒްރޭލުގެ ހަރުކަށި ލީޑަރުން ބުނަނީ އެ ހުށަހެޅުމަށް އެއްބަސް ވެއްޖެ ނަމަ ނަތަންޔާހޫގެ ސަރުކާރު ރޫޅާލާނެ ކަމަށެވެ. އެހެން ބުނާ ލީޑަރުންނަކީ ނަތަންޔާހޫ އާ އެކު ކޯލިޝަން ހަދައިގެން ތިބި ލީޑަރުންނެވެ. އަނެއް ކޮޅުން ހަމާސް އިން ބުނެފައި ވަނީ, ބައިޑަންގެ ހުށަހެޅުއްވުމަކީ ރަނގަޅު ހުށަހެޅެއްވުމެއް ކަމަށާއި ނަމަވެސް ލިޔުމުން ހުށަހެޅުން ލިބުނީމައި ނޫނީ ވަކި ގޮތެއް ނުނިންމާނެ ކަމަށެވެ.
އިޒްރޭލުން ގާޒާގައި ހިންގާ އުދުވާނުގައި އެންމެ ފަހުން ރަފާ އަށް އަރާފައި ވާ އިރު އެތަނުން 1 މިލިއަން މީހުން މިހާރު ވަނީ ފަހާ ބޭރުކޮށްލައިފައެވެ. މިހާތަނަށް 36 ހާހަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފައި ވާ އިރު ޒަހަމްކޮށްލައިފައި ވާ މީހުންގެ އަދަދު ވަނީ 90 ހާހަށް އަރާފައެވެ.
ޢެހެންވެ ޔަަހަުދީން އޭކިޔަނީ