ސިންގަޕޫރުގެ އާ ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މަރުހަބާގެ މެސެޖުގައި ސިންގަޕޫރުގެ އާ ބޮޑުވަޒީރުގެ ދައުރުގައި ދިވެހިރާއްޖެ އާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ހަމައެއާއެކު އެކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ވެސް ވަނީ ފާޅުކުރައްވާފައެވެ.
އެގޮތުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ ސިންގަޕޫރުގެ އާ ބޮޑުވަޒީރުގެ ޒައާމަތުގައި، ރާއްޖެ އާއި ސިންގަޕޫރުގެ ރައްޔިތުންނާ ދެމެދު އޮތް އެކުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.