ދައުރު ނިމުނީމާ އަންހެނުން ބާރުވެރިކުރާ ވާހަކަ ދައްކާނީ އިހުލާސްތެރިކަމެއް ނެތުމުން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިފަދައިން ވިދާޅުވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒަށް ރައްދުދެއްވައެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނިޔާޒު ވިދާޅުވީ އަންހެނުންގެ ބައިވެރިވުން ބޮޑުކޮށް ރައްޔިތުންގެ މަޖިލީހުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް ތާއީދު ކުރައްވާ ކަމަށާއި މިފަދަ ނިންމުމަކީ އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ނިޔާޒު ވިދާޅުވީ އަންހެނުންގެ ބައިވެރިވުން ބޮޑުކުރުމަށް އަަބަދުވެސް ވަކާލާތުކުރައްވާ ކަމަށެވެ. އަދި އީސީން އިންތިހާބު އިއުލާންކުރާއިރު ވަކި ގޮނޑިތަކުގައި އަންހެނުންނާއި ފިރިހެނުން ތިބެން ޖެހޭނެ ކަމަށް ޝަރުތު ނުކުރާ ކަމަށާއި އެހެންނަަމަވެސް އެ ބަދަލު ގެންނަން ޖެހެނީ ކަންކަން ނިންމުމުގައި މުޖުތަމައުގެ ދެބައިކުޅަ އެއްބައި މީހުންގެ ވިސްނުން ބާކީވެގެންދާތީ ކަމަށް ސަލީމް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ސަލީމް ވަނީ އަންހެނުން ބާރުވެރި ކުރުވަން އެގިވަޑައިގަތީ ދައުރު ނިމުނީމަ ތޯ އާއި ބާރު އޮއްވާ އެ ކަންކަން ނުކުރީ ކީއްވެތޯ ސުވާލުއުފައްދަވާފައެވެ. އަދި އެކަމުން ވެސް އެނގެނީ އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަން ކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.