ރައްޔިތުންގެ މަޖިލީހުގައި އޭރު ތިއްބެވި ބައެއް މެންބަރުންނަކީ 'ސަލާންޖަހާ ކަހަލަ' މެންބަރުންގެ ގޮތުގައި، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ސިފަކުރައްވައިފިއެވެ.
ނުހައްގު މުއްސަނދިކަމަށް ފަސޭހައިން ދައުވާކުރެވޭނެ ފަދަ ގޮތަކަށް ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، ނުހައްގުން މުއްސަނދިކަން ހޯދާފައިވާކަމަށް މަޖިލީހުގެ ބައެއް މެންބަރުންނަށް ނިސްބަތްކޮށްގެން ނުވާނެ ކަމަށާއި، ސަބަބަކީ ވޭތުވެދިޔަ ދައުރުތަކުގައި މަސައްކަތްކުރެއްވި ބައެއް މެންބަރުން އަމިއްލަ ވިޔަފާރި ވެސް ހިންގަވަމުން ދާތީ ކަމަށެވެ.
"އޭގެ ކުރީގައި ހަމަ ތިބި ގިނަ މީހުންނަކީ ސަލާންޖަހާ ކަހަލަ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން،" އަމިއްލަ ވިޔަފާރިއެއް ހިންގަވާ ސަލީމް ވިދާޅުވިއެވެ. ނަމަވެސް އެއީ ސީދާ ކޮން މެންބަރުންނެއް ކަން ވިދާޅެއް ނުވެއެވެ.
ސަލީމް އިތުރަށް ވިދާޅުވީ ބައެއް މެންބަރުންނަކީ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވިޔަސް، ބާރު ފޯރުވޭ ބައެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން، ދައުލަތުގައި ވެސް މަސައްކަތްކުރާ މުވައްޒަފުންގެ ތެެރެއިން ބައެއް މުވައްޒަފުން ނުހައްގުން މުއްސަނދިކަން ހޯދަމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަރުކާރުގެ ގިނަ ކުންފުނިތަކުން ވެސް އެ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އެތައް ގާނޫނެއް އޮންނަކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވި ގޮތުގައި ނުހައްގުން މުއްސަނދިކަން ހޯދުން ފަދަ ކުށްތައް ރާއްޖޭގައި ނުހުއްޓުވެނީ ގާނޫނުތައް ތަންފީޒުނުކުރެވި ގިނަ ކަންކަން ދޫކޮށްލާފައި އޮތުމުންނެވެ.
ތިޔަ ޑްރަގުގެކަންތައް ވެސް ނުހުއްޓުވޭނެ...ތިޔަ ހުރިހާސަރުކާރަކުން ވެސް ދައުލަތުން ކުރީ ވައްކަން ކޮންމެ ބަޔަކު ވެސް އުޅެނީ ކެވުނުލެއް މަދުވެގެން ...ގަބޫލު ކުރިޔަސް ނުކުރިޔަސް ދައުލަތުން ވައްކަން ކޮށްފިއްޔާ އަތް ކަނޑަން ކެރޭ ޑްރަގު އެތެރެ ކޮށްފިއްޔާ މަރުގެ އަދަބު ދޭން ކެރޭ ވެރިޔަކު ގެންނަންޖެހޭ....އެކަން ކުރާނެ ކަމަށް ބުނާ މީހަކަށް ހަމައެކަނި ހުރީ ޢުމަރު ނަސީރު..އެސޮރަށް ކެރޭނެ...އެހިތްވަރު ހުންނާނެ.