ކުރީގެ ހޯމް މިނިސްޓަރު އަބްދު ﷲ އިމްރާންގެ ކާރުގައި ޕިކަޕަކުން ޖެހި އެކްސިޑެންޓުވި މައްސަލަ ހައްލުކުރެއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ނުކުންނަވައިފިއެވެ.

މި އެކްސިޑެންޓު ހިނގި މަންޒަރު ހާމަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ކާރަށް ވަނީ ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ވެފައެވެ.

އެކްސިޑެންޓުވި އިމްރާންގެ ކާރު އަދި ޕިކަޕު --

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާންގެ ކާރުކޮޅު ގައި ޕިކަޕު ޖެހުމާއި ގުޅިގެން ޕިކަޕު ދުއްވި މީހާއަށް ނިސްބަތްކޮށް ރުޅިވެރި ކަމާ އެކު އިމްރާން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެކަން ހައްލު ކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން (އިންމު) މަސައްކަތްކުރައްވާފައިވާއިރު، އިންމު ވަނީ އިމްރާންގެ ކިބައިން އެދިވަޑައިގަތީ ޕިކަޕު ދުއްވި މީހާއަށް މާފުކޮށް ދެއްވުމަށް އެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާން މާފުކޮށް ނުދެއްވާނަމަ ކާރަށް ލިބުުނު ގެއްލުމަށް އިންމު ޒިންމާ ވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާދިޔަ އިރު އިމްރާންގެ ގާތުގައި އަނބިކަނބަލުން ޔުމްނާ ވެސް ހުންނެވިއެވެ.