އަންނަ ހޯމަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފާ އިރު އެ ކޭތަ އެންމެ ރީއްޗަށް ފެންނާނީ އެމެރިކާ ބައްރަށެވެ.
އިރު ހަނދާއި ދުނިޔޭގެ ދައުރު ވުމުގައި އިރު ކޭތަ އާއި ހަނދު ކޭތަ ހިފާ އިރު އިރު ކޭތަ ހިފަނީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަނުމުންނެވެ. ހަނދު ކޭތަ ހިފަނީ އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަނުމުން ހިފަނީ ހަނދު ކޭތައެވެ.
ހޯދަ ދުވަހުގެ ކޭތައަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ތައްޔާރުވަމުން ދާ އިރު އެ ޖަމާއަތުން މިހާރު މަސައްކަތް ކުރަމުން ދަނީ ކޭތަ ހިފާފައި ހުންނަ ވަގުތުގައި ދިރާސާއެއް ކުރުމަށް ސްޕީޑް ބާރު ޑަބްލިއުބީ 57 މަރުކާގެ ޖެޓުތަކެއް ކޭތައާ ދިމާއަށް ފޮނުވުމަށެވެ.
ނާސާގެ ހަބަރުތައް ބުނާ ގޮތުން ގަޑިއަކު 460 މޭލު ބާރުމިނުގައި ދަތުރުކުރެވޭ މި ޖެޓުތައް ފޮނުވާލުމުން ކޭތަ ކޭތަ ވީއްލުމާ ދެމެދު ލިބޭ ވަގުތުގައި ދިރާސާ ކުރަން ލިބޭ ވަގުތު ބިންމަތީގައި ހުންނަ މާސިންގާ ނިޒާމަކަށް ލިބޭ ވަގުތަށް ވުރެ 25 ގުނަ އިތުރު ވަގުތު ލިބިގެން ދާނެއެވެ.
ބިމުގައި ތިބޭ މީހުންނަށް މި ކޭތަ ފެންނަނީ 4 މިނެޓާއި ބައިގެ ވަގުތު ކޮޅަކަށެވެ. ނަމަވެސް ޖެޓްތަކުގައި ކޭތަ އާ އެއްވަރަށް ދަތުރު ކުރުމުން 6 މިނެޓާއި 22 ސިކުންތުގެ ވަގުތެއް ލިބިގެން ދާނެ ކަމަށް ބުނެއެވެ.
ނާސާއިން ބުނީ މި ދިރާސާގައި ކޭތަ އާ ބެހޭ އަދި ދެނެގަނެވިފައި ނުވާ މުހިންމު މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމަށެވެ.
ކޭތަ ހިފާފައި ހުންނަ ވަގުތު މި ޖެޓުތަކުގައި އަނދިރި ކަމުގެ ތެރޭގައި ދަތުރު ކުރަމުން ދާނެއެވެ.
ކޭތަ ހިފުމަކީ އާންމު ކަމެއް ނޫން ނަމަވެސް އިރު ހަނދާއި ބިން [ދުނިޔެ] ފަޒާގެ ތެރޭގައި ދައުރު ކުރަމުން ދާ އިރު ގުދުރަތީ ރޭވުމުގެ ތެރެއިންނެވެ.
ކޭތަ އާ ގުޅުވައި އެކިއެކި ސަރަހައްދުތަކުގައި އެކިއެކި ވާހަކަތައް ދައްކާ އިރު އެއީ ބިރުވެރިކަމެއްގެ ސިގްނަލެއްގެ ގޮތުގައި ދެކޭ މީހުންވެސް ގިނައެވެ. ހަމައެހެންމެ ކޭތަ ހިފާފައި ހުންނަ ވަގުތު ދަތް ނޫގުޅުމަށާއި ކޭތައަށް ނުބެލުމަށް އިރުޝާދު ދީ މުސްކުޅިން ދައްކާ ވާހަކަތައް ވެސް ގިނައެވެ.
ހަނދު ކޭތައެއް ހިނފަނީ ހަނދުމަސް ދެބައިވުމުން ކަމާމެދު އިލްމުވެރިންނާއި ސައިންސުގެ އަލީގައި ހޯދުފައި ވާ އިރު އިރު ކޭތައެއް ހިފަނީ ހަނދުމަހެއް ނިމި އާ ހަނދުމަހެއް ފެށޭ ވަގުތު ކަމާމެދު އިއްތިފާގުވެއެވެ.
ކީތިރި ޤުރުއާނުގެ ޔާސީން ސޫރަތުގެ 39 ވަނަ އާޔަތުގައި ހަނދުގެ ދަތުރު ބުރެއް ފުރިހަމަ ކުރުމުގެ ވާހަކައަށް އިޝާރާތް ކުރައްވާފައި ވެއެވެ. ހަނދު, ބިމުގެ ވަށައިގެން ބުރެއް ފުރިހަމަ ކުރުމަށް ފަހު ފެށި ހިސާބާ އަރާ ހަމަ ވުމުން އިރުކޭތަ ހިފާ ވަގުތަށް ކިޔަނީ ކޮންޖަންކްޝަން އެވެ. އެ ހާލަތުގައި އިރު ކޭތަ ހިފަނީ އިރާއި ހަނދާއި އަދި ދުނިޔެ ސީދާ ދިމާވެ 3 އޮއް ފުނަ ރޮއްޖަކަށް އަމުނާލީމައި އޮންނަ ހަމައަށް ސީދާ ވުމުންނެވެ. އެނޫން ހާލަތްތަކުގައި އިރާއި ހަނދާއި އަދި ބިން އެއް މިސްރާބަށް އެރިޔަސް ސީދާ ސީދަލަށް ދިމާ ނުވާނަމަ އިރުކޭތައެއް ނުހިފައެވެ. ކޮންމެ މަހަކު އިރުކޭތަ ނުހިފަނީ އެހެންވެގެންނެވެ.
3 ޢޮއް ފުނަ ރޮއްޖަކަށް އަމުނާލީމަބާ ނޫނީ 3ފުނައޮއް ރޮއްޖަކަށް އަމުލާލުންބާ