މިއަހަރުގެ ފިތުރު އީދު ދުވަހު ފެންކުޅުމާ ބޮޑުމަސް ނެރުމާއި މާލި ޕެރޭޑުގެ އިތުރުން އެތައް ހަރަކާތެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި ހަރަކާތްތައް ކުރިއަށް ދާނީ ސާދާ އެންޓަޓެއިންމެންޓް ގުރޫޕާ ގުޅިގެން ކަމަށެވެ. ސިޓީ ކައުންސިލުން ނެރެފައިވާ އީދު ތާވަލުގައި ވަނީ:
- ހެނދުނު 9:30 - ރަސްފަންނުގައި ފެންކުޅުން
- ހަވީރު 4:00 - ބޮޑުމަސް ނެރުމާއި މާލި ޕެރޭޑު ( މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ކުރިމަތިން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށެވެ.)
- ރޭގަނޑު 8:30 - އާޓިފިޝަލް ބީޗުގައި ސްޓޭޖް ޝޯ
- ރޭގަނޑު 10:00 - އާޓިފިޝަލް ބީޗުގައި ފަޔާވޯކްސް ކުރިއަށް ގެންދިއުން
މާލެ ސިޓީ ކައުންސިލުން ބުނީ ރަސްފަންނުގައި އޮންނަ ފެން ކުޅުން އިވެންޓުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ އީދު ޓީޝާޓު ގަންނަން ޖެހޭ ކަމަށެވެ. އަދި ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ޓީޝާޓުގެ އަގަކީ 195ރ. އެވެ.
ކޮންމެ އަހަރެއްގެވެސް އީދަކީ ކުލަ ގަދަކޮށް ފާހަގަކުރާ ދުވަސްތަކަކަށް ވާއިރު މާލޭގެ އިތުރުން ރަށްރަށުގައިވެސް އީދު ކުޅިވަރުތައް ފޯރީގައި ކުޅެއެވެ. އެގޮތުން އެކި ކަހަލަ މުބާރާތްތައް ބޭއްވުމާ، ކުޑަކުދިންގެ ހަވީރާ މާލި ނެރުމުގެ އިތުރުން ސްޓޭޖް ޝޯތައް ބާއްވައެވެ. ގިނަ އަދަދެއްގެ ބަޔަކު ކޮންމެ އަހަރަކުވެސް އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް އެމީހެއްގެ ރަށަށް ދިއުމަކީވެސް އާންމު ކަމެކެވެ.
ފެންކުޅިޔާ ކުލަޖެހިމާ ސަކަރާތް އެދެކަންތަށް ގުޅިފާވަނީ ޔަހޫދީންނާ އަދިއެއީ ފޫހިވެސް ދެކަންތައް އެކަންތައް މެދުވެރިކޮށްގެން ދަށުދަރަޖަގެ ޒުވާނުން އަންހެންކުދިންނާ ބެހިވެސް ހަދާ ބަދުއަހުލާގީ އަމަލުހިއްގާ