ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ދިމާލުގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއް ގައިގައި ޓެކްސީއަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަސް ސިކުންތުގެ ކުރު ވީޑިއޯއެއްގައި ފެންނަނީ ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ދަނބުކުލަ ހެން ހީވާ ޓެކްސީއަކުން ޖެހި، ފުލުސް މީހާ ވެއްޓޭ މަންޒަރެވެ.

ނަމަވެސް ވީޑިއޯ އަޕްލޯޑުކޮށްފައިވާ ކޮލިޓީ އަށް ބަލާއިރު ވީޑިއޯ ސާފުނުވާތީ އެއީ ސީދާ ދަނބުކުލަ ކަން ޔަގީނެއް ނޫނެވެ.

މި އެކްސިޑެންޓުގެ މާ ބޮޑު ތަފްސީލެއް ހާމަނުކުރެއްވި ނަމަވެސް، ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝިފާން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުގެ ހާލު ރަނގަޅު ކަމަށާއި، ޓެކްސީ ޑްރައިވަރު ހައްޔަރުކޮށް މައްސަލަ ބަލަމުންދާ ކަމަށެވެ.