ޔަހޫދީ އިޒްރޭލުން ލުބުނާނުގެ މުޖާހިދުންގެ މަގާމުތަކަށް ކަމަށް ބުނެ ސީރިއާގެ އަލެއްޕޯ އަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މިހަމަލާތަކުގައި ޖުމްލަ 40 މީހަކު މަރުވެފައި ވާ އިރު އޭގެ ތެރޭގައި ސީރިއާ ސިފައިންގެ 36 މީހަކާއި ލުބުނާނުގެ ހިޒްބުއްލޯ ޖަމާއަތަށް ނިސްބަތްވާ މީހުން ހިމެނެއެވެ.
ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން މިހަމަލާ އަމާޒު ކުރީ އަލެއްޕޯ ގައި ހުރި ހަތިޔާރތު ގުދަން ތަކަށެވެ. ނަމަވެސް ފުލުފުލުގައި ދިން ހަމަލާތަކުގެ ސަބަބަބުން ބޮޑެތި ގެއްލުންތައް ލިބި ގިނަ ބަޔަކު މަރުވެގެން ދިޔައީ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހަމަލާ ދީފައި ވަނީ މިސައިލާއި ބޮމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މައްސަލައިގައި ރުޅިގަދަވެ އީރާނުން ބުނެފައި ވަނީ މިއީ ބައިނަލްއަގުވާނީ މުޖުތަމައުން ބަލައި އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭނެ މައްސަލައެއް ކަމަށާއި ބައިނަލްއަގުވާމީ އިން ފަހަނައަޅާ ގޮސްފި ކަމަށެވެ.
މި މައްސަލައިގައި އިޒްރޭލުން ބުނެފައި ވަނީ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. ސީރިއާއިން މާބޮޑު ތަފްސީލުތަކެއް ހާމަ ކޮށްފައި ނުވާ އިރު އެގައުމުން ބުނެފައި ގާޒާ ހަނގުރާމަ ފެށުނު ފަހުން ސީރިއާގެ އެކި ތަންތަނަށް އިޒްރޭލުގެ ހަމަލާތައް އަމާޒު ވެފައި ވާ ކަމަށެވެ.