މިހާރު ފެންނަނީ ބާރު ސްޕީޑްގައި ފަހަތަށް ދުވާ ދޯންޏެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ރޭ ބޭއްވި އެ ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންޖީނު އަޅާފައި ހުރި ފަހަތަށް ދުވާ ދޯންޏެއްގައި ކަމަށާއި މިއަދު ބަލާލާއިރުގައި ފެންނަނީ މީގެ 20 އަހަރު ފަހަތަށް މި ގައުމު ގެންދާ މަންޒަރު ކަމަށެވެ. އަދި ހުުދު މުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހަމަވަމުންދާތަން ފެންނަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުރަތަމަ ވެރިކަމަށް ވަޑައިގެން ކުރެއްވި ކަމަކީ ނޫސްވެރިންނަށް ހުރަސް އެޅުން ކަމަށާއި އެހެންނަމަވެސް ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމާއި ޑޮމޮކްރަސީ ރާއްޖެއަށް ގެނައި އެތައް ބައެއްގެ ދެއްކި ވާހަކަތަކުން އެކަން ކުރެވޭ ގޮތެއް ނުވި ކަމަށެވެ. އަދި ވަޒީފާގެ ބިރު އިންތިހާއަށް ކުރިމަތިކުރުވައިފައިޥާ ކަމަށާއި ވަޒީފާ ދިފައި ތިބި މީހުންނަށް މަޖުބޫރު ކުރުވައިގެން ސަރުކާރާ އެއްކޮޅަށް ކެމްޕެއިން ކުރުވާ، ސަރުކާރުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިކުރަމުން ބާރު އަޅަމުންދާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެންމެ ފަހުން ފެނިގެން މިދަނީ ސިޔާސީ ލީޑަރުންނާ ދިމާކުރާތަން ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެއްވެސް އަސާސެއް ނެތް ކަމެއްގައި ފުލުހުންނަށް ހާޒިރުވާން ޗިޓު ހަވާލުކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ދޫކޮށްލައިގެން ތިބެއްޖެ ކަމަށް ވަނީނަމަ އަނެއްކާވެސް އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް މި ރާއްޖެ ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއީ އެންމެން އެއްކޮށް ތެދުވަން އެބަ ޖެހޭ ކަމެއް ކަމަށާއި މި ގައުމުގެ މިސްރާބު ހަމައިން ނައްޓައިފި ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާރު ގުޅީފަޅުގައި ހިއްކަމުން އެދަނީ މި ސަރުކާރުން އަލަށް ހިއްކަން ބުނި ބިންތޯ މީހަކު ސުވާލުކުރި ކަމަށާއި އެއީ ބުހުތާނު ދޮގު ކަމަށާއި ހައްދަވީ ދޮގު މައްޗަށް ކަމަށެވެ. އަދި ކައިރީގައި ތިބި ކުޑަކުދިންތައް ލައްވާވެސް ދޮގު ހައްދަވަން ފަރިތަކުރަމުންވެސް ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ގުޅީފަޅު އިތުރަށް ހިއްކަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށާއި އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި ފައިސާ ހޯދައިގެން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުށްޓަކައި އިތުރަށް ގުޅީފަޅު ހިއްކަން ވީ ކަމަށެވެ. އެހެންނަމަވެސް ދޮގު ހަދައިގެން އޮޅުވާލައިގެން މިހާރު އެ ކުރަމުންދާ މަސައްކަތަކީ މި ސަރުކާރުން ކުރަމުންދާ މަސައްކަތޭ ބުނުމުން އެ ވާހަކަ ގަބޫލެއް ނުކުރާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ހުޅުމާލެއިން ބިން ހިއްކަން ފެށުމުން މުއިއްޒު މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު ވިދާޅުވީ އެއީ އެއްގޮތަކަށްވެސް ކުރަން ފެންނަވަރު ކަމެއް ނޫން ކަމަށެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މިހާރު އޮތް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ކަންކަން ނުވާ ކަމަށް ސަރުކާރުން ދައްކާ ވާހަކައަށް ރައްދުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ގޯއްޗާއި ފްލެޓް ލިސްޓް އޮޅާ ނުލެވިގެން އުޅެނީ މިއަދުވެސް ހަނިގޮތަކަށް މެޖޯރިޓީ ލިބިފައި އޮތުމުން ކަމަށާއި އެހެން ނޫންނަމަ ބޭނުންވާ ބަޔަކަށް ގޯތިތަކާއި ފްލެޓްތައް ބަހާ ނިންމާލާނެ ކަަމަށެވެ.
ލަދުކުޑަ ޗޯރޭ.
ސޯލިޙް ރިވެތި އަބުރުފުޅައިގެން ހިމޭން ކަން އިޚްތިޔާރު ކުރެއްވުމަކީ މަނިކުފާނުގެ އިއްޒަތާއި ކަރާމާތް ދެމިއޮތުމަށް ކުރަން ޖެހޭކަމެއް
ކަލޭ ހިތައް އަރާތަ ކަލޭތީވެސް މީހެކޭ ވައްކަން ކުރުމުގެ ރެކޯޑު ގައުމު ލޫޓުވުމުގެ ރެކޯޑު ކުޑަކުދިން ފަޅާ މީހުން އުމުރައް ޖަލައްލީމާ ދޫކުރުމުގެ ރެކޯޑު އެއްޖިންސުން ގުޅުން ހިންގާ މީހުންނައް މިނިވަން ކަމާއެކު އެކަން ކުރަން އުޅެވޭ ގޮއް ހަދާ ދިނުމުގެ ރެކޯޑް ލާދީނީ މީހުންނައް ބޮޑެތި މަގާމުތަކާ ބޮޑެތި މުސާރަ ދިނުމުގެ ރެކޯޑު