ގެއްލިގެން ހޯދަމުން ދިޔަ އުމްރާވެރިޔާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ ސ. މީދޫ ހަވާ، މުހައްމަދު ތައްކާނު ފެނިފައިވާ ކަމަށް އެ މީހާ އުމްރާއަށް ދިޔަ ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުން ވަނީ ބުނެފައެވެ.

އެ ގްރޫޕުން ބުނީ ތައްކާނު ހެޔޮހާލުގައި ހުއްޓާ ހޯދިފައިވާ ކަމަށެވެ. އަދި ހެޔޮދުއާ ކޮއްދިން ހުރިހާ އެންމެންނަށް ގުރޫޕާއި ތައްކާނުގެ އާއިލާގެ ނަމުގައި ވަނީ ޝުކުރުއަދާކޮށްފައެވެ.

ތައްހާނު އަކީ ރަމަޟާން މަހުގެ 15 ގައި އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތަކަށްވާއިރު އޭނާ ގެއްލިގެން ކުރި އިއުލާންގައި ނިމްސާ ގްރޫޕުން ބުނީ އަންގާރަ ދުވަހުގެ ރޭ މެންދަހު 3 ޖަހާ ހާއިރު ގްރޫޕުގެ އުމްރާވެރިންނާއެކު އުމްރާގެ އަޅުކަން އަދާކުރަން ހަރަމްފުޅަށް ދިޔަ ކަމަށާއި އެއަށްފަހު ހޯދާ ނުފެނިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް އުމްރާއި ހައްޖަށްދާ މީހުން ގެއްލިގެން ހޯދާފައިވާއިރު ބައެއް މީހުން ނިޔާވެފައި އޮއްވާވެސް ވަނީ ފެނިފައެވެ.