ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ އުރީދޫ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިއަކަށް އަހުމަދު ސައްދާމް ހޮވިއްޖެއެވެ.

އުރީދޫ އިން މި އުމްރާ ދަތުރު މިހާރު ހަވާލުކޮށްފައިވާއިރު، ސައްދާމްގެ ފަރާތުން އިނާމާއި ހަވާލުވެފައިވަނީ ޔޫސުފް ރިލްވާން އެވެ. ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ އުރީދޫ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާއަށް އުރީދޫ އިން ވަނީ މަރުހަބާ ކިޔާފައެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ފަށާފައިވާ ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މި ޕްރޮމޯޝަން 2026 ވަނަ އަހަރުގެ އޭޕްރިލް 24ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫގެ ކަސްޓަމަރުން 250 އިން މަތީގެ ބިލް ދައްކާލައިގެން ނުވަތަ ރީޗާޖް ކޮށްގެން ނުވަތަ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށެވެ. އަދި އަލަށް އުރީދޫއަށް ވަންނަ ކަސްޓަމަރުން 400ރ. ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ޖުމުލަ 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކަށް ނަސީބުވެރި 2 ފަރާތަކަށް ހައްޖު ދަތުރެއް ލިބިގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އިން ދަނީ އުރީދޫގެ ކަސްޓަމަރުންނަށް މިފަދަ ތަފާތު ޕްރޮމޯޝަންތަކާއި އިނާމުތައް އެކި ދުވަސްވަރު މަތިން ދެމުންނެވެ. އެގޮތުން ނިމިދިޔަ ރޯދަ މަހުވެސް އުރީދޫ އިން ވަނީ ކަރާ ފެޅުން ގޭމެއް މެދުވެރިކޮށް އަގުބޮޑެތި އެތައް އިނާމުތަކެއް ކަސްޓަމަރުންނަށް ދޫކޮށްލާފައެވެ. އޭގެތެރޭގައި އެޕަލް އައިފޯން، މެކްބުކް، އެއާޕޮޑްސް އަދި ޓީވީ ހިމެނެއެވެ.