އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި، އިސްރަށްވެހިންނާއި ޒުވާނުން އެއްކޮށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

މިއީ އުރީދޫ އިން މި ރޯދަ މަހު އިފްތިތާހު ކުރި ސީއެސްއާރު ކެމްޕެއިން "އިސްރަށްވެހިންނާއެކު" ގެ ދަށުން ބޭއްވި ފުރަތަމަ ރޯދަ ވީއްލުމެވެ.

އުރީދޫ އިން ބުނީ، މި އިވެންޓްގެ މަގްސަދަކީ އިސްރަށްވެހިންނާއި ޒުވާނުން ހިތްހަމަ ޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މި ސީރީޒްގެ ދަށުން އަދި ރާއްޖޭގެ އިތުރު ހިސާބުތަކުގައި ވެސް ރޯދަ ވިއްލުން ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫން ބުނެއެވެ.

މި ރޯދަ ވީއްލުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ އިސްރަށްވެހިން ކަންކަމުގައި ބައިވެރިކޮށް މުޖުތަމައުގެ އެއްބައިވަންތަކަން ހަރުދަނާ ކުރުމަށް ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫގެ އަމާޒަކީ މިފަދަ ހަރަކާތްތަށް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިހަރަކާތްތައް މެދުވެރިއަކަށްވެ މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހްތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދުމަކީ ވެސް މަގްސަދެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.