ސޮނީ ޓީވީ އިން ގެނެސްދެމުން އަންނަ މަޝްހޫރު ކުޑަކުދިންގެ ލަވަ ޝޯ "ސުޕަސްޓާ ސިންގާ" ގެ ތިން ވަނަ ސީޒަން ފަށައިފިއެވެ.

މި ޝޯގެ އޮޑިޝަންތައް މިހާރު ފެށިގެން ކުރިއަށް ގެންދާއިރު މިރޭ އޮޑިޝަންގެ ޝޯތައް ނިމޭނެއެވެ. މަޝްހޫރު ލަވަކިޔުންތެރިހާ ނެހާ ކައްކަރު ސުޕަ ޖަޖުގެ ސީޓުގައި އިނދެ މި ޝޯ ކުރިއަށްދާއިރު ޝޯގެ ކެޕްޓަނުންނަކީ އިންޑިއަން އައިޑަލުން ވިދާނި ޕަވަންދީޕް ރަންޖަން، އަރުނިތާ ކާންޖިލާލް، މުހައްމަދު ދާނިޝް، ސަލްމާން އަލީ އަދި ސަޔޭލީއެވެ.

ޝޯގެ ކެޕްޓަނުންވެގެން އިންޑިއާގެ އެކި ހިސާބުތަކަށް ގޮސް މޮޅަށް ލަވަކިޔާ ކިޔާ ކުދިން ހޯދައިގެން ޝޯގައި ބައިވެރިކުރާއިރު މި ޝޯ އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ސުޕާސްޓާ ސިންގާ 3 އިން މޮޅުވާ ބައިވެރިޔާ އަށް 15 ލައްކަ އިންޑިއަން ރުޕީސް ލިބިގެންދާއިރު ޝޯގެ ފައިނަލިސްޓުންނަށް 20 ލައްކަ އިންޑިއަން ރުޕީސްގެ ސްކޮލާޝިޕެއް ލިބިގެންދާނެއެވެ. މި ޝޯ ހަތަރު މަސް ދުވަހުގެ މުހުލަތަކަށް ކުރިއަށް ދާނެއެވެ.

ނިމިދިޔަ ސީޒަން ކާމިޔާބުކުރީ ގިނަ ބައެއްގެ ފޭވަރިޓް މުހައްމަދު ފައިޒްއެވެ. އިންޑިއާގެ ރާޖަސްތާނަށް އުފަން ފައިޒް އަށް ލިބުނު މޮޅާއެކު ސުޕަސްޓާ ސިންގާ 2 ގެ ޓްރޮފީއާއި 15 ލައްކަ އިންޑިއަން ރުޕީސް ވަނީ ލިބިފައެވެ. އޭނާ އެއްވަނަ ހޯދީ ފައިނަލުގައި މަނީ 11، ސައިޝާ ގުޕްތާ 7، އާރްޔަނަންދާ ބާބޫ 14، ޕްރާންޖަލް ބިސްވާސް 12 އަދި ރިތުރާޖް 10، އާއި ވާދަކޮށެވެ.