މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކަނޑުދަތުރުކުރާ އުޅަނދުތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަން ނިންމައިފިއެވެ.
މިއަދު ރައީސް ޑރ. މުއިއްޒު މިފަދައިން ނިންމަވާފައިވަނީ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ރައީސް އޮފީހުން ބުނީ ވެސެލް ޓްރެކިން ޑިވައިސްއެއް ހަރުކޮށް މޮނިޓާކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކާ ކަމަށެވެ.
މީގެިއިތުރުން ވަޒީރުންގެ މަޖިލީގުގެ ލަފާފުޅާއެކު ރައީސް ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށްވެސް ވަނީ ނިންމާފައެވެ.
ރައީސް އޮފީހުން ވަނީ މި ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަާނކުރުމުގެ އިންތިޒާމު ފުލުހުންނަށާއި މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އަދި އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަނަށް ހަވާލުކުރަން ނިންމާފައެވެ.
އެއީ މިހާރު ނެތް އެއްޗެއްތަ؟