ސައުދި އަރަބިއްޔާއަށް ހަނދު ފެނުމާ ގުޅިގެން މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެ ގައުމުން ކަނޑައަޅައިފިއެވެ.

ސައުދީއަށް ހަނދު ފެނިފައިވާކަން އެ ގައުމުގެ ސަރުކާރުން ކަށަވަރު ކޮށްދީފައި ވުމާއެކު މި އަހަރުގެ ފުރަތަމަ ރޯދައަކީ މާޗު 11 ވާ ހޯމަ ދުވަހެވެ.

ރޯދަ މަހަކީ ރާއްޖޭގައި އިހުއްސުރެ ހަނދު ބަލައިގެން ފާހަކަ ކުރަމުން އަންނަ މަހެކެވެ. ހަނދު ބެލުމުގައި އާންމުކޮށް އަމަލު ކުރަމުން އައި ގޮތަކީ، ޝައުބާން މަހުގެ ފަހު ދުވަހު އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ، ރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ރޯދަ ހިފަން ފަށާ ގޮތަށެވެ.

ރާއްޖެގައި ރޯދަމަހަކީ، ކުދި ބޮޑު އެންމެން އެ މަހަކަށް އުއްމީދު ކުރާ އަޅުކަންތައް ގިނަ ކުރާ މަހެކެވެ. މިއަހަރުގެ ރޯދަމަސް އައި އިރު، މާލޭގެ އައިޖީއެމްއެޗްގައި ހުރި މިސްކިތްވެސް ހަތަރު އަހަރަށް ފަހު މިއަދު ވަނީ ހުޅުވާފައެވެ. އަދި ހުޅުމާލޭގައިވެސް ނަމާދުކުރުމަށް ވަގުތީ ގޮތުން މިސްކިތްތަކެއް ވަނީ ހަދާފައެވެ.

ރާއްޖެއިން ރޯދަކަން އަދި އިއުލާނެއް ނުކުރެއެވެ.