ގއ ވިލިނގިލީގައި މީހުން ނޫޅޭ ހިސާބު ދުރުގައި ސަފާރީއެއް ބަނުމަށް ބޭނުން ކުރަމުން ދިޔަ އޮޑިހަރުގެއެއް އަނދާ ހުލިވެއްޖެއެވެ.
އެމްއެންޑީއެފް އިން ދާދި ދެންމެ ބުނީ، އެ އޮޑިހަރުގޭގައި ރޯވެ އަނދަމުން ދާ އަލިފާންގަނޑު ފުޅާވެ ހަރުގެ އަނދާ އަލިފާންގަނޑުގެ މައްޗަށް އެތާނގެ ފުރާޅު ވެއްޓިފައި ވާ ކަމަށާއި އެކަމުގެ ސަބަބުން އަލިފާންގަނޑު ކޮންމެވެސް ވަރަަކަށް މައިތިރިވެއްޖެ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށެވެ.
އަދި އަލިފާން ނިއްވުމުގެ މަސައްކަތަށް ގދ ތިނަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ވިލިނގިއްޔަށް ދިޔުމަށްޓަކައި ފުރާނެ ކަމަށެވެ.
މިރޭ އިރާކޮޅު ރޯވި ކަމަށް މައުލޫމާރު ލިބިފައިވާ މި ހަރުގޭގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވީ ނަމަވެސް އެފަދަ މައުލޫމާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.