އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަންޖަލް އުދާސް މަރުވެއްޖެއެވެ.

އުމުރުން 72 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރުވިކަން ހާމަކޮށްފައި ވަނީ އޭނާގެ އާއިލާ އިން ކުރި ޕޯސްޓެއްގައެވެ. ލަވަކިޔުންތެރިޔާގެ އާއިލާއިން ކުރި ޕޯސްޓުގައި ބުނީ ޕަންކަޖު މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު ކަމަށެވެ. އޭނާ މަރުވުމާއެކު އޭނާއަށް ތާއީދު ކުރާ ގިނަ މީހުންގެ އިތުރުން އިންޑިއާގެ ތަރިން އަންނަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

https://www.instagram.com/p/C3zq1JatKmq/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

80 އާއި ނުވައިދިހައިގެ އަހަރުތަކުގައި ވިދާލި ލަވަކިޔުންތެރިޔާގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަވައަކީ 1986 ވަނަ އަހަރު ނެރުނު ފިލްމު "ނާމް" ގައި ހިމެނޭ ލަވަ "ޗިއްޓީ އާއީ ހޭ" އެވެ. ގަޒަލްތަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ވަނީ 50 އަށްވުރެ ގިނަ އަލްބަމް ނެރެފައެވެ. އޭނާ އެންމެ ފަހުން ނެރުނީ އަލްބަމަކީ 2018 ގެ "ނަޔާބު ލަމްހޭ ވިތު ގުލްޒާރު" އެވެ.