ހޯމް މިނިސްޓްރީގެ ރަސްމީ ވެބްސައިޓު ހެކްކޮށް، ޑައުންކޮށްލައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެ މިނިސްޓްރީން ބުނީ:
- ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވެބްސައިޓް ޑައުންވެފައިވާ ކަމަށް
- އެންސީއައިޓީ އާ ގުޅިގެން މައްސަލަ ހައްލުކުރަމުންދާ ކަމަށް
ދައުރުވަމުންދާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކްކުރީ އިންޑިއާ އަށް ނިސްބަތްވާ 'އިންޑިއަން ސައިބާ ފޯސް' ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުންނެވެ.
ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކްކޮށް އެ ގްރޫޕުން ދިން މެސެޖުގައި ބުނީ އިންޑިއާ އިން ދިވެހީންނަށް ވެދިން އެހީތެރިކަމުގެ އަގުވަޒަންކުރަން ޖެހޭ ކަމަށާއި، ނަމަވެސް ދިވެހީން އެ އެހީތެރިކަމުގެ އަގުވަޒަންނުކުރާ ކަމަށެވެ.
އެ މެސެޖުގައިވާ ގޮތުން ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކްކުރީ ރާއްޖޭން އިންޑިއާ އާ ދެކޮޅަށް މަސައްކަތްކުރާތީ ކަމަށް ބުނެއެވެ. ބެލެވޭ ގޮތުގައި އިންޑިއާގެ ހެކަރުންގެ ގްރޫޕުން މިނިސްޓްރީގެ ވެބްސައިޓު ހެކްކުރީ މިދިޔަ ޖެނުއަރީ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް ކުޑައިމީސްކޮށް ސަރުކާރުގެ ތިން ނައިބު ވަޒީރަކު ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ.
މި މައްސަލައިގައި 'ޓީމް ނެޓްވޯކް 9' ނަމަކަށް ކިޔާ އިންޑިއާގެ ހެކަރުންގެ ގްރޫޕަކުން ޖުވެނައިލް ކޯޓުގެ ވެބްސައިޓު ވެސް ހެކުކޮށްފައެވެ.
ހެކު ކުރީމާ ދެން ހަދާނެ ގޮތެއްވެސް ނޭނގޭނެ މިމީހުންނަކަށް....އަގުބޮޑު އެތައް ދިރާސާއެއް ކޮށް އެހާބޮޑު ޚަރަދެއްކޮށް ބަނދެފައިވާ ކަޅުއޮށް ފުންމި ސާފު ކުރަން ޖެހުނީމާ ވެސް ރޮންދާ އަޅައި ގުރޭންޑަރރު އަޅައި އޭތި މަށާލި ބައެއްމިއީ...އަދި އޭތި ހިޔާކުރި އިރު ވާރޭ ވެހިއްޖެ ނަމަ ފެން ވިއްސާ ގޮތަށް ހިޔާކުރި ބައެއް މިއީ....އާނ ފަހެ ކޮންމެ ހަމަހަކުން ޖެހޭނެ އެ މަށާލަން....ދެން އެވަރުގެ ސިކުނޑި ގަޅި ބަޔަކަށް ސައިޓެއް ހެކު ކުރީމާހަދާނެ ނަހަދާނެ ނޭނގި ތެޅި ފޮޅެނީ.ކަޅުއޮށް ފުންމި ބަން ގޮތާއި އެ ބަލަހައްޓާނެ ގޮތް އަދި ކޮށްފައިވާ ދިރާސާ ލިޔެ ކިޔުން ހޯމް މިނިސްޓްރީގައި ފައިލް ކޮށްފައި ވާނެ.
2000 ވަނަ އަހަރުން ފެށިގެން މާލޭގައި އަނބި ދަރިން ގޮވައިގެން ކުއްޔައް މިއުޅެނީ. ޔާމީން ސަރުކާރުގަވެސް ވަގުތީ ލިސްޓްގަ ނަން އިން އެކަމު ދާއިމީ ލިސްޓްގަ ނަމެއް ނެތް. ނިމިދިޔަ ސަރުކާރުގަ ޝަރުތު ހަމަވެ އެގްރިމެންޓްގަ ސޮއިކޮއްފަ ވާނެއެވެ. ޕޮއިންޓްގެ ގޮތުން 80 ޕޮއިންޓް ލިބުނެވެ. މިހާރު އެތަން އަޅުގަނޑައް ޅިބޭނެތޯއެވެ. އަދި ވަދެވޭވަރު ވާނީ ކިހާތަނަކުތޯއެވެ.
ޢެބައިގަނޑަށް އެނޫން ކަމެއް ނުކުރެވޭނެ މީހުނަށް ޖެއްސުން ކުރުމާ ފުރައްސާރަ ކުރުން ޚާއްސަކޮށް މުސްލިމުންނަށް އެބައިގަނޑު އެބަބުނޭ ޝާހްރުޚް ޚާން މުސްލިމަކަށްވާތީ ްޭނާއަކީ ޕާކިސްތާނުގެ އޭޖެންޓެކޭ ގިލްމްތައް ނޮއިކޮޓް ކުރާށޭ މިއާލާތުންނަށް ނޭނގޭބާ ފިމްތަކަށް ގިނަ ފައިސާލިބުނީމަ ސަރުކާރަށް ލިބޭ ބައިވެސް ބޮޑުވާނެ ކަމެއް