ސަރުކާރު ހިއްސާވާ 12 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނެފިއެވެ.

ޑިރެކްޓަރުންގެ ބޯޑަށް ގެނެސްފައިވާ ބަދަލުތައް ޕީސީބީން ހިއްސާ ކޮށްފައިވާއިރު ފެނަކައިގެ ޗެއާމަނަކަށް އަހުމަދު ޝަހީރު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ނާއިފް، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެމްބަރު ކަމުން އަހުމަދު އާތިފް ވަކިކޮށް، އެ މަގާމަށް މުހައްމަދު ސައީދު ވަނީ އައްޔަންކޮށްފައެވެ.

އަދި އެޗްޑީސީގެ ޗެއާމަނަކަށް އަހުމަދު ޡުހޫރު، އެސްޓީއޯގެ މެންބަރު ކަމަށް ރީޝާ އަބްދުލްމުންއިމް، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑްގެ މެމްބަރު ކަމުން އަބްދުﷲ އަބްދުއްރަހީމް ވަކިކޮށް، އެމަގާމަށް ފާތިމަތު ފަޒީލާ، އައިލޭންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލީ ސަލީމް ވަނީ އައްޔަން ކޮށްފައެވެ.

މީގެ އިތުރުން ވެސް ރީޖަނަލް އެއާޕޯޓްސްގެ މެމްބަރު ކަމަށް އިބްރާހިމް ޝާހިދު، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންޑް ޑިރެކްޓަރަކަށް ހަސަން މުޣުނީ، މޯލްޑިވްސް އިންޓަގްރޭޓެޑް ޓުވަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ނިޝްވާން އައްބާސް އައްޔަންކޮށްފައި ވެއެވެ.

ހަމައެހެންމެ ހައްޖު ކޯޕަރޭޝަންގެ ޗެއާމަނަކަށް އަބްދުﷲ ނަސީރުގެ އިތުރުން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަނަކަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރުމަނިކު ވަނީ އައްޔަން ކޮށްފައެވެ.