އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ވަހީދު އައްޔަންކޮށްފިއެވެ.

ވަހީދުއަކީ 2015 ވަނަ އަހަރުން 2018 ވަނަ އަހަރާ ދެމެދު އެމްކިޔުއޭގެ ސީއީއޯގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މި މަގާމުން ވަކިވެ ވަޑައިގަތުމަށްފަހު، ވަހީދު ވަނީ ފާއިތުވި 5 އަހަރު އަމިއްލަ މަސައްކަތް ކުރެއްވުމުގައެވެ.

މީގެއިތުރުން ވަހީދަކީ ޓޫރިޒަމް އަދި އެޑިޔުކޭޝަން މިނިސްޓްރީގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

މި މަގާމަށް ވަހީދު އައްޔަން ކުރެއްވި އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ އަހަރުގެ ޖޫން 4 ގައި ފެށި ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫ ދަނީ ކުރިއަށެވެ. މި މަޝަރޫއަކީ އަންނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

(އޭއައިއޭ) ގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވީ ގައިސް ނަސީރެވެ. އޭނަ މަގާމުން އިސްތިއުފާ ދެއްވީ ވެރިކަން ބަދަލުވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.