ގދ. ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ހަދަން ތައިލެންޑުގެ ކުންފުންޏަކާ މިރޭ ހަވާލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫގައި ބޭއްވި ޖަލްސާގައި އެ އެއާޕޯޓު ހެެދުމުގެ އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ތައިލެންޑުގެ ކުންފުނި، ޕޭން ޕެސިފިކާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގެވެ.

ތިނަދޫގެ ފަޅު ހިއްކައިގެން ހަދާ އެ އެއާޕޯޓާ އެކު އެ އަތޮޅުގައި ޓޫރިޒަމް ފުޅާކުރުން ހިމެނޭ އިރު އެ އަތޮޅުގައި ތިން ރިސޯޓު އޮތުމުން މުހިންމު މަޝްރޫއެއް ކަމުގައި ސަރުކާރުން ބުނެފައި ވެއެވެ.

މިހާރު އޮތް 3 ރިޒޯޓަކީ ޖުމްލަ 552 އެނދެވެ. ކަމަށް ވިދާޅުވި އެވެ. ހުވަދުއަތޮޅުގައި މީހުން ދިރި ނޫޅޭ 133 ރަށް އެބައޮތް އިރު މިނިސްޓަރު މުއްތޮލިބު ވިދާޅުވީ އިތުރު އެއާޕޯޓެއް އެޅުމަކީ އަތޮޅުގެ ތަރައްގީއަށް މުހިއްމު ކަމެއް ކަމަށެވެ.

އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް އެ އެއާޕޯޓު ތަރައްގީ ކުރާއިރު އެތަނުގައި ފްލައިން ޕޫލަކާއި ކާގޯ ހިދުމަތް ދެވޭނެ ތަނަކާއި ފިއުލް ފާމެއް ގާއިމު ކުރަން ހިމަނާފައި ވެއެވެ.