އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މިއަހަރުގެ "ރަމަޒާން ބާޒާރު" ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ބާއްވަމުންދާ އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަދުން ފެށިގެން އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ މަކިޓާ ޝޯވްރޫމާއި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމްއިން އަދި ލ. ފޮނަދޫގެ ފިހާރައިން ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަންގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށާއި ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސްނިމުމުން ގުރުއަތު ނެގޭނެ ކަމަށެވެ.

އެ ލަކީޑްރޯ އިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާއެއް އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ލިބޭނެ ކަމަށާއި މީގެ އިތުރުން 6 ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ އެގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގޭނެ ކަމަށާއި ނިޕޯން ޕެއިންޓް އަކީ ސިންގަޕޫރްގެ ނަންބަރު ވަން ޕެއިންޓް ބްރޭންޑެއް ކަމަށެވެ. އަދި އެސްޓީއޯއަކީ ނިޕޯން އަދި މަކިޓާގެ ރާއްޖޭގެ އޮތޮރަޒައިޑް ޑިސްޓްރިބިއުޓާ ކަމަށްވެސް އެސްޓީއޯއިން ފާހަގަކުރެއެވެ.