ސައޫދީ އަރަބިއްޔާގެ ޝާހީ އަމީރެއް ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވި 'ޕްރިންސް ފަހަދް ސައޫދު އައް-ޝަލަން' ގެ މައްސަލައިގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ސުވާލުކުރަން ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މި މައްސަލަ ހުށަހެޅުއްވީ ފަހަދުގެ މައްސަލައިގައި އާންމުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، ރައީސް އޮފީހުގެ ވެބްސައިޓުންނާއި މީސްމީޑިއާގެ އެކައުންޓްތަކުން އެ ބައްދަލުވުމާ ގުޅުންހުރި މައުލޫމާތާއި މަންޒަރުތައް ނަގާފައި ވަނިކޮށެވެ.

Ads by Regional Airports
Regional Airports

މި މައްސަލައިގައި ތިން ސުވާލެއްގެ ޖަވާބު ލިއުމުން ހޯދުމަށް މީކާއީލް އެދިވަޑައިގެންފައިވެއެވެ. އެއީ:

  • ފަހަދަކީ ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ
  • އެ ބައްދަލުވުމުގައި ސައޫދީ އެމްބަސީން ބައިވެރިނުވީ ކީއްވެތޯ؟
  • ފަހަދު ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކުރީ ހަގީހަތާ ހިލާފަށް ނަމަ، ސައޫދީ އާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރާނެތޯ

މި މައްސަލައިގައި ސަރުކާރުން މިހާތަނަށް އަދި ރަސްމީ ޖަވާބެއް ނުދެއެވެ.