1446 ވަނަ އަހަރުގެ އަޟްހާ އީދު ނަމާދު، މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި 4 މައިދާނެއްގައި އަދި މިސްކިތްތަކުގެ ތެރެއިން 27 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

1446 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. އީދު ނަމާދު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:00 ގައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މާލޭ ސަރަހައްދުގައި އަޟްހާ އީދު ބޮޑު ޖަމާއަތް ހެދުމަށްޓަކައި ހަމަޖައްސާފައި ވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދު، ވިލިމާލޭ ފުޓްބޯޅަދަނޑު، ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް 2ގެ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދު ކަމަށެވެ. މީގެއިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ 27 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އީދު ނަމާދުކުރުމަށްހަމަޖެހިފައިވާ މިސްކިތްތަކަކީ:

  1. މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)
  2. މަސްޖިދު މަލިކި ސަލްމާން
  3. މަސްޖިދުއް ސުލްތާން މުހައްމަދު ބިން އަބްދިﷲ
  4. މަސްޖިދުލް ފުރްގާން
  5. މަސްޖިދުއް ނޫރު
  6. މަސްޖިދުއް ޝަހީދު އަލީ
  7. މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން
  8. މަސްޖިދުއް ސުލްތާން މުހައްމަދު ފަރީދުލް އައްވަލް
  9. މަސްޖިދުއް ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް)
  10. މަސްޖިދުއް ސުލްތާން މުހައްމަދު ޝަމްސުއްދީން
  11. މަސްޖިދު ސަލާހުއްދީން
  12. މަސްޖިދު ޖަލާލުއްދީން
  13. މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
  14. މަސްޖިދު އިސްކަންދަރު
  15. ވަގުތީ މިސްކިތް (ބޮޑުގެ)
  16. މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން
  17. މަސްޖިދުއް ޝައިހް މުހައްމަދު ޖަމީލްދީދީ
  18. މަސްޖިދު އަފީފުއްދީން
  19. ޒިޔާރަތް މިސްކިތް
  20. މަސްޖިދުލް ބިއްރި (ވިލިމާލެ)
  21. މަސްޖިދުއް ޝައިހް ގާސިމް ބިން މުހައްމަދު އާލް ޘާނީ (ހުޅުމާލެ)
  22. ހުޅުމާލެ ވަގުތީ މިސްކިތް (ނޭބާހުޑް 3)
  23. މަސްޖިދު އަބީބަކްރިނިއް ސިއްދީގު (ހުޅުމާލެ ފޭސް 2)
  24. މަސްޖިދު އުސްމާނު ބިން އައްފާން (ހުޅުމާލެ ފޭސް 2)
  25. މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
  26. މަސްޖިދުއް ސަބީލް (ހުޅުލެ)
  27. މަސްޖިދުލް އިންތިސާރު (ހުޅުލެ)

މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަހައްދުގައި އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.