ތަރުޖަމާނު ކަމުން ޝަހީބު ވަކިކޮށް ފޮރިން މިނިސްޓްރީއަށް ލައިފިއެވެ.

މިދިޔަ ޑިސެމްބަރު 13 ވަނަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި މުހައްމަދު ޝަހީބު، ތަރުޖަމާން ކަމުން ވަކިކޮށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރައްވައިފިއެވެ.

ތަރުޖަމާން ކަމުގައި ކުޑަ ދުވަސްކޮޅެއް ވި ޝަހީބު އެ މަގާމުން ބަދަލު ކުރި ސަބަބު އަދި ސާފެއް ނުވެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރި ފޮޓޯގައި ވަނީ އޭނާ ފޮރިން މިނިސްޓްރީއަށް ބަދަލު ކުރި ކަމަށެވެ.