ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި މި މަހުގެ 24 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ކޮންގްރެސް ގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާނީ ޑެޕިއުޓީ ޕްރައިމް މިނިސްޓާ ފޮ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަ އަލެކްސާ ބެސިކްގެ ދައުވަތަކަށެވެ.

ދިވެހިރާއްޖެ އާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ނޮވެންބަރު 24، 2009 ގައެވެ.