ރޭ ހުޅުމާލޭގައި މަންމައަށް ހަމަލާދިން ދަރިއަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހާއަކީ ނަފްސާނޯ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ މައްސަލައިގެ އެންމެ ފަހުގެ އަޕްޑޭޓް ދެމުން ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ 25 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އިޖުތިމާއީ އަދި އާއިލާ ތަރައްގީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާގެ ހާލު ސީރިއަސް ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހަމަލާ ދީފައިވަނީ އާއިލީ މައްސަލައެއްގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.