ދިވެހި ސިފައިންގެ ހިދުމަތަށް ދިގު މުއްދަތަށް ހިދުމަތްކުރެއްވި، މޭޖާ ޖެނެރަލް ވައިސް ވަހީދުއާއި މޭޖާ ޖެނެރަލް ހާމިދު ޝަފީޤު ހިދުމަތުން ރިޓަޔާކުރައްވައިފިއެވެ.

މޭޖާ ޖެނެރަލް ހާމިދު އަކީ އެމްއެންޑީއެފަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، މޭޖާ ޖެނެރަލް ވައިސް އަކީ 34 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ހާމިދު ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ މާޗް 11، 1990 އިން ފެށިގެންނެވެ. ރިޓަޔާ ކުރެއްވިއިރު ހުންނެވީ ކޮމާންޑަންޓް އެމްއެމްޑީއެފް ސާވިސް ކޯޕްސްގެ މަގާމުގައެވެ.

ވައިސް ސިފައިގެ ހިދުމަތާއި ގުޅިވަޑައިގަތީ 19 ޖޫން 1989 ގައެވެ. މަގާމުން ރިޓަޔާ ކުރެއްވިއިރު ހުންނެވީ، ކޮމަޑާންޓް އެމްއެންޑީއެފް މެރިން ކޯ، އަދި ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިން އޮފިސަރުކުގެ މަގާމުގައެވެ.

މި ދެ ބޭފުޅުންވެސް ވަނީ އެކި ދުވަސްވަރު ސިފައިގެން އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.