ރާއްޖޭގެ 29 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފިއެވެ.

ޖޭއެސްސީއިްނ ބުނީ ކޯޓުތަކުގެ މެޖިސްޓްރޭޓްގެ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.

މެޖިސްޓްރޭޓްގެ މަގާމަށް ހުށަހަޅާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލް ކުރުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވާންޖެއެެވެ.

މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައިވާ ކޯޓުތައް:

  1. ހއ.ކެލާ މެޖިސްޓްރޭޓް ކޯޓް
  2. ހއ.ބާރަށް މެޖިސްޓްރޭޓް ކޯޓް
  3. ހއ.މާރަންދޫ މެޖިސްޓްރޭޓް ކޯޓް
  4. ހދ.ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓް
  5. ހދ.ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
  6. ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓް
  7. ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓް
  8. ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓް
  9. ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓް
  10. ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
  11. ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓް
  12. ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓް
  13. ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
  14. އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓް
  15. އއ.މާޅޮސް މެޖިސްޓްރޭޓް ކޯޓް
  16. އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓް
  17. އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓް
  18. ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓް
  19. ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓް
  20. ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓް
  21. ދ.މީދޫ މެޖިސްޓްރޭޓް ކޯޓް
  22. ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓް
  23. ލ.މާވަށު މެޖިސްޓްރޭޓް ކޯޓް
  24. ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓް
  25. ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓް
  26. ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
  27. ގދ.ނަޑައްލާ މެޖިސްޓްރޭޓް ކޯޓް
  28. ގދ.ފިޔޯރީ މެޖިސްޓްރޭޓް ކޯޓް
  29. ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓް

27 ކޯޓަކަށް އިސްމެޖިސްޓްރޭޓުން އަދި 2 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައި ވާއިރު، އިސްމެޖިސްޓްރޭޓުން އަދި މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 21،000 ރުފިޔާއެވެ. އަދި މެޖިސްޓްރޭޓުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިވިން އެލަވަންސް، ފޯނު އެލަވަންސް އަދި މެޑިކަލް އިންޝުއަރެންސް ލިބިގެންދާނެއެވެ.