ލުބްނާ މުހައްމަދު ޒާހިރަށް މަގާމެއް ދިނުމުން އޭނާ އަކީ ދީނަށް ފުރައްސާރަކުރި މީހެއް ކަމަަށް ބުނެ އަމާޒުވި ފާޑުކިޔުމާއެކު އޭނާ މާފަށް އެދިއްޖެއެވެ.
މީގެ ކުރިން ދީނަށް ފުރައްސާރަވާގޮތަށް ލުބްނާ ކުރި ޓުވީޓުތަކާ ގުޅިގެން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ.
ލުބްނާ ވަނީ މި ސަރުކާރުގެ މިނިސްޓަރު އޮފް ސްޓޭޓް ފޮ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަގާމަށް އައްޔަން ކޮށްފައެވެ. އެ މަގާމަށް ލުބްނާ އައްޔަން ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވަމުން ދާއިރު ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ އަލީ ރަމީޒު ބުނީ އިސްލާމްދީނަށް ފާޅުގައި ފުރައްސާރަ ކޮށްފައި ތިބި މީހުންނަށް މި ސަރުކާރުން މަތީ މަގާމުތައް ދޭނެ ކަމަކަށް ކުރިން ގަބޫލު ނުކުރާ ކަމަށެވެ.
ހުރިހާ ފާޑުކިޔުމާއެކު ލުބްނާ މާފަށްއެދި ކުރި ފޯސްޓެއްގައި ވިދާޅުވީ އަށް އަހަރު ކުރިން އޭނާ އެފަދަ ޓްވީޓުތަކެއް ކުރެއްވީ ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖެހުން ފަދަ ނިޔަތެއް އޮވެގެން ނޫން ކަމަށާއި އެ ޓްވީޓުތަކުގެ ސަބަބުން އެއްވެސް މީހަކަށް އަސަރުކޮށްފައި ވާނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.
ލުބްނާ އިތުރަށް ވިދާޅުވީ އޭނާ އަކީ ދީނުގައި ސާބިތުވެ ހުންނެވި ބޭފުޅެއް ކަމަށެވެ.
ކިޔާނެހާ އެއްޗެއްކިޔާފަ މާފުކުރާށޭބުނުމަކުންނުފުދޭނެ އިސްތިއުފާދީ ތިކަހަލަ އަންހެނުން ބޭނުމެއްނޫ.
ކޮބއިތޯ މިސަރުކާރާ އެމްޑީޕީ ސަރުކާރާހުރި ތަފާތަކީ؟ ދީނޭކިއައިގެންބޯކެއުން ނޫން ދެންކޮންކަމެއްތޯ މިކުރީ؟
މިހާރު މާފަށް އެދުނަސް މަޤާމުގެ ބޭނުމުގަކަމަް ވެދާނެ މާފަށް އެދުނީއޭކިޔަނީ! ސަބަބަކީ މިހާރުވެސް ބުރުގާޖަހާފަ އިންދތިވެސް ސޮލީބަކާ ވަށްތަރީ!