މިއަދުގެ ތާރީހު ރީތިވިޔަސް ކައިވެނީގެ އަދަދު މަދު ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު (23/11/23) ފެމިލީ ކޯޓުގައި ކުރަން ހަމަޖެހިފައިވަނީ 29 ކައިވެނި ކަމަށާއި އޭގެ ތެރެއިން 12 ކައިވެނި ކުރަން ހަމަޖެހިފައިވަނީ ކޯޓުގައި ކަމަށެވެ.
ކައިވެންޏަކަށް ތައްޔާރުވާއިރު ގިނަ ބަޔަކު ރީތި ތާރީހެއްގައި ކައިވެނިކުރަން ބަލައެވެ. އެ ތާރީހަކަށް ދުރާލާ ތައްޔާރުވަމުން ދެއެވެ. މިއަދު ޑިސެންބަރު 23 އަކީ ރީތި ތާރީހަކަށް ވާނެއެވެ. އެހެންކަމުން އެ ތާރީހަކީ ސްކޫލު ބަންދާވެސް ދިމާވާ ދުވަހަށް ވުމާއެކު ކައިވެނިތައް ގިނަވާނެ ކަމަށް ބެލެވެއެވެ.
މި އަހަރުގެ ރީތި ތާރީހެއް ކަމަށްވާ 23/03/23 އަކީ ރީތި ތާރީހެއް ކަމަށްވިޔަސް އެ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ފުރަތަމަ ދުވަހަށްވުމުން ކޮށްފައިވަނީ 12 ކައިވެންޏެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އައި ރީތި ތާރީހު 23/06/23 ގައި 43 ކައިވެނި ވަނީ ކޮށްފައެވެ.
މިދިޔަ އަހަަރުގެ އެންމެ ރީތި އެއް ތާރީހު ކަމަށްވާ 22/12/22 ގައި ފެމިލީ ކޯޓުގައި ޖުމްލަ 58 ކާވެނި ކޮށްދީފައިވާއިރު ދެން އެންމެ ރީތި ތާރީހުގެ ގޮތުގައި ހިމެނޭ 22/2/22 ގައި 85 ކައިވެންޏެއް ފެމިލީ ކޯޓުން ވަނީ ކޮށްދީފައެވެ.
ފެމިލީ ކޯޓުން މިދިޔަ އަހަރު ޖުމްލަ 2514 ކައިވެންޏާއި 1346 ވަރިކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.