ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް (ޕީސީބީ) ތިން މެންބަރުން އައްޔަނު ކުރައްވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ މެންބަރުންނަކީ؛

- އަޙްމަދު މުޝްތާގު / ދަފްތަރު. ނަންބަރު ރސ 4652 - އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ

- ލީނާ އަބްދުލްޖަލީލް / ވ. ބްލޫއޯޝަން - ބޭންކިންގގެ ދާއިރާއިން

- އަލްއުސްތާޒު މޫސާ ފަތުހީ އާދަމް / ރަންކޮކާގެ، ށ.ކޮމަންޑޫ - ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ

މިއަހަރު އޯގަސްޓަމުހުގެ ތެރޭގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ވެބްސައިޓާއި ޕީސީބީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން، އަދި ގޭޓްވޭ ވަނީ އިފްތިތާހު ކޮށްފައެވެ. މި ގޮތުން މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި 2028ގެ ނިޔަލަށް ޕީސީބީން ހާސިލުކުރާނެ ލަނޑުދަނޑިތައް ވަނީ ކަނޑައަޅާފައެވެ.