އައްޑޫ ސިޓީ ގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި ޑިއުޓީ އަދާކުރާ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 22 އަހަރުގެ ޒުވާނެއްކަމަށެވެ.

ފުލުހުން ބުނީ އެ ޒުވާނާ ރޭ އިޝާ ނަމާދަށް ދިޔަގޮތަށް ގެއަށް ނައިސްގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 12:40 ހާއިރުކަމަށެވެ. އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ޒުވާނާ ފެނިފައިވަނީ ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދު މޫދުން ރޭ ދަންވަރު 1:40 ހާއިރުއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.