މ އަހަރުގެ އަޟްހާ އީދު ދުވަހު އެމްޓީސީސީ ބަސް އަދި ފެރީގެ ހިދުމަތްތައް ދެމުން އަންނަ ގަޑިތަކަށް ގެނެސްފައިވާ ބަދަލުތައް އެ ކުންފުނިން އާންމުކޮށްފިއެވެ.
އެމްޓީސީސީން ބުނީ އީދު ދުވަހު ވިލިމާލެ ފެރީގެ ފަހުގެ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:30 ގައި ކަމަށެވެ. އަދި ދެން ފެރީ ދަތުރު ފަށާނީ އީދު ނަމާދަށްފަހު 8:00 ގައި ކަމަށެވެ. މީގެ އިތުރުން މާލެ-ހުޅުމާލެ ފެރީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 ގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ އައްޑޫ ސިޓީގައި ކުރަމުން އަންނަ ދަތުރުތަކަށްވެސް ބަދަލު އައިސްފައިވާކަމަށެވެ. އެ ގޮތުން މާދަމާ އެމްޓީސީސީގެ ސައިކަލު ފެރީގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ފެރީ ދަތުރުތަކަށްވެސް ބަދަލު އައިސްފައިވާ ކަމަށެވެ. އެގޮތުން ސައިކަލު ފެރީގެ ފުރަތަމަ ދަތުރު ހުޅުމީދޫ އިން ފޭދޫ އަށް 14:45 ގައި ކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ ދަތުރު ފޭދޫ-ހުޅުމީދޫ އަށް ކުރުމަށް ހަަމަޖެހިފައިވަނީ 19:30 ގައެވެ.
އީދު ދުވަހު އެމްޓީސީސީ ބަސް ދަތުރުތަށް ކުރާ ގަޑިއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އީދު ދުވަހު ވިލިމާލެ ބަސް ހިދުމަތުގެ ދަތުރުތައް 6:00 އިން ފެށިގެން 8:00 އަށް މެދުކަނޑާލާނެ ކަމަށެެވެ. އަދި ގްރޭޓާ މާލެ ބަސް ހިދުމަތުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ފެށިގެންކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އީދު ނަމާދުގެ ކުރިން މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ދޭކުން އެއާޕޯޓަށް 5:30 އަދި 6:00 ގައި ބަސްތައް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.