އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި 92،453 މީހުންނާ ދެކޮޅަށް ކުޅެ ކްރިކެޓް ވޯލްޑްކަޕްގެ ތަށި އޮސްޓްރޭލިއާ އިން އުފުލާލައިފިއެވެ.

މިއީ ޗެމްޕިއަންކަން އޮސްޓްރޭލިއާ ހޯދި 6 ވަނަ ފަހަރު ކަމަށް ވާއިރު، ތަށި ދިނުމުގެ ރަސްމިއްޔާތުގައި މޯދީ ސްޓޭޖަށް ވަޑައިގެން އޮސްޓްރޭލިއާގެ ސްޓްރައިކައު އަދި ކެޕްޓަން ޕެޓް ކަމިންސް އާ ތަށި ހަވާލު ކުރެއްވުމަށް ފަހު ފޮޓޯއަކަށް ވެސް މަޑުނުކުރައްވައި މޯދީ ވަނީ ސްޓޭޖުން ފައިބައި ވަޑައިގެންފައެވެ.

އެތައް ބިލިއަން ބަޔަކު ލައިވްކޮށް ބަލަމުން ދިޔަ އެ މަންޒަރުގައި މޯދީ ސްޓޭޖުން ފައިބައި ވަޑައިގަތުމުން އޮސްޓްރޭލިއާގެ ކެޕްޓަން ހުރީ ހުއްޓުން އަރާފައެވެ.

މޯދީ އާއެކު އޮސްޓްރޭލިއާގެ ޑެޕިއުތީ ޕްރައިމް މިނިސްޓަރު ރިޗާޑް މާލްސްވެސް ސްޓޭޖަސް ވަޑައިގަތެވެ. ނަމަވެސް މޯދީ ފައިބައި ވަޑައިގަންނަވަން އުޅުއްވުމުން އޭނާވެސް ވަނީ ކެޕްޓަން ދޫކޮށްލައްވައި މޯދީއާއެކު ވަޑައިގެންފައެވެ.

ގާތްގަނޑަކަށް 30 އަކަށް ސިކުންތު ކެޕްޓަން ހުއްޓިފައި ހުރި އިރު ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ، އިންޑިއާ ބަލިވުމުން ލިބުނު ލަދު މޯދީއަށް ތަހަންމަލް ނުކުރެއްވުނީ ކަމަށެވެ.

މޯދީ ސްޓޭޖަށް ވަޑައިގެން އޮސްޓްރޭލިއާ ކެޕްޓަނާ ސަލާމް ކުރައްވާފައި ވަނީ ވަޑައިގެންފައި

އައިސީސީ މެންސް ކްރިކެޓްގެ ޗެމްޕިއަންކަން އޮސްޓްރޭލިއާ ހޯދި 1 ދުވަހުގެ ކްރިމެޓް މެޗް ކުޅެފައި ވަނީ، ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ހާލިސްތާންގެ މެންބަރަކު މީގެ ކުރިން ދީފައި ވާ އަހްމަދުއާބާދުގައެވެ. އެ އިންޒާރު އެހެން ދީފައި އޮތް ނަމަވެސް އެއިން އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ.

6 ވިކެޓުން އިންޑިއާ ބަލިކޮށް އޮސްޓްރޭލިއާ އިން ޗެމްޕިއަންކަން ހޯދުމުން، އިންޑިއާގެ ކްރިކެޓް ލެޖެންޑުން ކަމަށް ވާ ވިރާޓް ކޯލީ އާއި ރޯހިތް ޝަރުމާ ލަދުން މޫނު ނިވާ ކުރިއެވެ.

އޮސްޓްރޭލިއާއަށް ޗެމްޕިއަންކަން ހޯދައި ދިނުމުގައި އެޓީމުގެ ލެފްޓްހޭންޑް ބެޓްސްމަން ޓްރެވިސް ހެޑް 120 ބޯޅައިން ހެދި 137 ލަނޑު ފާހަގަ ކޮށްލެވެއެވެ. އޭނާ 15 ފަހަރު 4 އަކަށް އަދި 4 ފަހަރު 6 އަށް ޖަހާފައި ވެއެވެ.