ލޯފަން މީހުންނަށް ހާއްސަކޮށްގެން ގުޅޭ ޓީ20 ވޯލްޑްކަޕް ކްރިކެޓް މުބާރާތުގެ ތަށި 3 ވަނަ ފަހަރަށް އިންޑިއާއިން އުފުލާލައިފިއެވެ.

ބެންކަލޫރުގެ ޗިންނަސުވާމީ ސްޓޭޑިއަމް ގައި އިންޑިއާއިން ބަންގްލަދޭޝްގެ ޓީމު ބަލިކުރީ 120 ލަނޑުންނެވެ. ގުރު ދިމަވެގެން ފުރަތަމަ ކުޅެން އެރީ އިންޑިއާއެވެ. ބަންގްލަދޭޝް އިން 29 ލަނޑަށް ފުރަތަމަ 2 ވިކެޓް ނެގި ނަމަވެސް 20 އޯވަރު ނިމުނު އިރު އިންޑިއާއިން ޖުމްލް 277 ލަނޑު ހެދިއެވެ.

ބަންގްލަދޭޝް ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހެދުނީ 157 ލަނޑެވެ.

މި މުބާރާތަކީ ލޯފަން މީހުންނަށް ހާއްސަ މުބާރާތަކަށް ވާއިރު، 2012، 2017 އަދި މިއަހަރުގެ ރަށި އިންޑިއާއިން އުފުލާލި އިރު، މި މުބާރާތުގެ ޗެމްޕިއަން ޕާކިސްތާން 2 ފަހަރު ގެންގޮސްފައި ވެއެވެ.

2012 ވަނަ އަހަރު ތައާރަފް ކުރި މި މުބާރާތުގައި ފުރަތަމަ އަހަރު 9 ގައުމަކުން 9 ޓީމު ވާދަކުރި ނަމަވެސް އޭގެ ފަހުން ބައިވެރިންގެ އަދަދު އަހަރަކުން އަހަރަމުން ދިޔައީ މަދުވަމުންނެވެ. 2014 ގައި 6 ގައުމަކުން ބައިވެރި އިރު، 2016 ގައި ބައިވެރި ވީ 5 ގައުމަކުންނެވެ.

ނަމަވެސް 2017 ގައި 10 ގައުމަކުން ވާދަކޮށްފައި ވާ އިރު މިއަހަރުގެ މުބާރާތުގައި ވާދަ ކުރީ 6 ޓީމެކެވެ. މި އަހަރުގެ މުބާރަތުގައި ޕާކިސްތާނަށް ފުރުސަތު ދީފައެއް ނުވެއެވެ.