އިންޑިއާގައި ހައިދްރަބާދުގެ ރަޖީވްގާނދީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ ވޯލްޑްކަޕް ކްރިކެޓްގެ ފައިނަލް މެޗްގައި ޕާކިސްތާނަށްް އޮތް ލޯބި އިންޑިއައިން ދައްކާލައިފިއެވެ.
ޕާސްކިތާނެގެ ޓީމު ހައިދްރަބާއަށް ޖެއްސި އިރު އެއާޕޯޓުގައި ވެސް ގިނަ އަދަދެއްގެ ފޭނުން ޓީމަށް މަރުހަބާ ކިޔުމަށް އެއްވެ ތިއްބެެވެ.
ސިޔާސީ ގޮތުން ހަތުރުންގެ ގޮތުގައ އޮތް ދެގައުމު ދެމެދުގައި ކުރިކެޓުގައި މިހާ ބޮޑު ލޯތްބެއް އުފެދިގެން ހިނގައިދާނެ ކަމާ މެދު ގިނަ ބަޔެއްގެ މެދުގައި ސުވާލު އުފެދިފައި ވާ އިރު، މި ލޯބިން ދައްކައިދެނީ ސިޔާސީ ނުތަނަވަސް ކަމަކީ ގިނަ ބަޔަކު އަޅާލާ ކަމެއް ނޫންކަމެވެ.
ފައިނަލްގައި ލަންކާ އާ ކުޅެ 6 ވިކެޓުން ޕާކިސްތާން މެޗް ކާމިޔާބު ކޮށް ޗެމްޕިއަންކަން ހޯދި އިރު މުޅި ސްޓޭޑިއަމްގައި އެއް އަޑަކަށް އޮތީ، "ޖީތޭގާ ބީ، ޖީތޭގާ، ޕާކިސްތާން ޖީތޭގާ" [ޕާކިސްތާން މޮޅުވާނެ] މި އަޑެވެ. އެއް އަޑަކުން މުޅި ސްޓޭޑިއަމް ގުގުމާލަމުން ދިޔަ އިރު އެ ސްޓޭޑިއަމް ފުރާ ވަދެ ތިބީވެސް އިންޑިއާގެ ފޭނުންނެވެ.
މެޗް ބަލަން ޓިކެޓް ގަން ނަމަވެސް ވިސާ ހަމަނުޖެހިގެން ޕާކިސްތާންގެ ގިނަ ރައްޔިތުންނަށް އިންޑިއާ އަށް އެތެރެ ވެވިފައެއް ނުވެއެވެ.
އިންޑިއާގެ ކްރިކެޓް ފޭނުންގެ މެދުގައި ޕާކިސްތާންގެ ކްރިކެޓް ކެމްޕަން މުހައްމަދު ރިޒްވާން [ބާބާ އަޒާމް] އަށް ހާއްސަ ލޯތްވެއް އޮތް އިރު، ޕްލެ ކާޑްސް [ތަފާތު ޝޫއޫރުތައް ލިޔެ ތައްޔާރު ކޮށްފައި ހުންނަ ބްރިޒިްލްބޯޑް ސައިޒްގެ ބޯޑުތައް] ހިފައިގެން އިންޑިއާގެ ފޭނުން ކުރަމުން ދިޔަ ތާއީދުން އިންޑިއާގެ ޓީމާއި ކެމްޓަނު ހުރީ ބަސް ހުއްޓި އުފަލުން ފޮޅިފައެވެ.
ބާބާ އަޒާމް ބުނީ، އިންޑިއާގެ ފޭނުންގެ ލޯބި ފެނިފައި އެ މެޗް އަމިއްލަ ރަށުގައި ކުޅުން ފަދަ އިހުސާސެއް ކުރެވިގެން ދިޔަ ކަމަށެވެ.
ޕާކިސްތާންގެ ޓީމު އިންޑިއާ އަށް ފޭބި އިރު އެއާޕޯޓުން މަރުހަބަ ކިއި ފޭނުން އެމީހުން ތިބޭ ހޮޓަލާ ހިސާބަށް ވެސް ގޮސް، ހޮޓަލުގެ ބޭރުގައި ވެސް ތާއީދު ކުރުމުގެ ގޮތުން ޝުއޫރުފާޅުކޮށްފައި ވެއެވެ. މިއީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔަ އާދަޔާ ހިލާފު ލޯތްބެއްކަން ސިފަ ކުރަމުން ޕާކިސްތާންގެ ވިކެޓްކީޕަރު ބުނެފައި ވަނީ، އިންޑިއާގެ ރައްޔިތުންނާ މެދު ހާސްލަ ލޯތްބެއް، ހާއްސަ ގުޅުމެއް އުފެދިގެން ގޮސްފި ކަމަށެވެ.
ކެޕްޓަން ރަޒާން ކުޅެން އަރާ ނުބައިވި އިރު ވަނީ 121 ބޯޅައިން 131 ލަނޑު ހަނދާފައެވެ. އޯޕަނިން ބެޓްސްމަނާއެކު ޖުމްލަ 176 ލަނޑު ހެދިއެވެ.
މެޗްގެ ކާމިޔާބީއަށް ފަހު ރަޒާން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކާމިޔާބީ ޑެޑިކޭޓް [ހާއްސަ ކުރަނީ] ގާޒާގެ މުސްލިމުންނަށް ކަމަށެވެ.
ގާޒާ ވަށާލައި އިޒްރޭލުގެ ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 1000 އަކަށް ވުރެ މައްޗަށް އަރާފައި ވާ އިރު، ބޯފެނާއި، ކަރަންޓާއި، ކާބޯތަކެއްޗާއި ތެޔޮ ބަންދުކޮށް ގާޒާގެ ރައްޔިތުން ތިބީ ސިޓީގައި ތާށިވެ މިސައިލާއި ބޮންތަކުގެ ދަށުގައެވެ. ސަލާމަތް ވާން ދާނެ، ދެވޭނެ އެއްވެއް ތަނެއް ނެތި ގޮތް ހުސްވެފައި ވާ އިރު ޔަހޫދީންގެ އުދުވާނަށް މުޅި މުސްލިމް އުއްމަތުގައި ދަނީ އިހުތިޖާޖު ކޮށް އަޑުއުފުލަމުންނެވެ.
މި މެޗް ބެލުމަށްޓަކައި އިންޑިއާ އަށް ދާން ޕާކިސްތާންގެ އެތައްހާސް ރައްޔިތުންނެއް ޓިކެޓް ނެގި ނަމަވެސް އިންޑިއާއިން އެމީހުންގެ ވިސާ ހަމަޖައްސައިދީފައި ނުވުމުން މެޗް ބަލާކަށް ނުދެވުނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަަކަށް މާޔޫސްކަން ލިބިފައިވާ އިރު ސިޔާސީ ނުތަނަވަސްކަމާ ހުރެ ކުޅިވަރާއި އެނޫންވެސް ކަންކަމުގައި ވިސާ ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މިކަން ހައްލު ކުރަން ޕާކިސްތާންގެ ކުރިކެޓް ބޯޑުން ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ޕާކިސްތާންގައި ހުންނަ އިންޑިއާގެ އެމްބަސީން ވިސާގެ ކަންކަން ހަމަޖައްސައި ދީފައެއް ނުވެއެވެ. ވިސާ ނުލިބުނުތާނގައި ޓިކެޓް ގަތުމަށް ކުރި ހަރަދުވެސް އަނބުރާ ގިނަ ބަޔަކަށް ނުލިބުނެެވެ. ވިސާ ހަމަޖެހޭނެ ކަމަށް ބަލައި ގިނަ ބަޔަކު ޓިކެޓް ގަތީ، ރީފަންޑް ނުލިބޭ ކެޓަގަރީންނެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން ބޮޑުވެ އެކިއެކި ދާއިރާތަކުން އެއްފަރާތުން އަނެއް ފަރާތާ އޮންނަ ގުޅުން ކަނޑާލައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ ބޮމްބޭ ހޮޓަލަށް ދިން ޓެރަރިސްޓް ހަމަލާ އާއި ކަޝްމީރުގެ މައްސަލައިގައިގެ އިތުރުން ދެގައުމު ގުޅޭ އިމުގައި ހިނގާ ހަމަނުޖެހުމުގެ ސަބަބުންނެވެ.