އިންޑިއާގައި މި އަހަރު ބާއްވާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި ބައިވެރިވާ ޕާކިސްތާން ކްރިކެޓް ޓީމުގެ ވިސާ ލިބުން ލަސްވުމުގެ ސަބަބުން މުބާރާތުގެ ތައްޔާރީތަކަށް ބުރޫ އަރައިފިއެވެ. ތައްޔާރީތަކަށް ބުރޫއަރާފައިވާއިރު މުބާރާތް ފެށުމަށް އޮތީ އެންމެ 10 ދުވަހެވެ.
ކުޅުންތެރިންނާއި އޮފިޝަލުން މިދިޔަ ހަފުތާގައި ދެ ދުވަހަށް ދުބާއީއަށް ޓީމް ބޮންޑިން ސެޝަނަކަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީމު އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށެވެ
ނަމަވެސް ކޮންޓިންޖެންޓަށް ވިސާ ލިބުން ލަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ކަނޑިގުޅުން އަނެއްކާވެސް ގޯސްވާން ވަނީ ފަށާފައެވެ.
ޕާކިސްތާން ކްރިކެޓް ބޯޑް (ޕީސީބީ) ގެ ތަރުޖަމާނަކު ބުނީ މުބާރާތުގެ ކުރިން ކުޅޭ ވޯމްއަޕް މެޗުތަކުގެ ކުރިން ހައިދަރުއާބާދަށް [އިންޑިއާ] ފުރުމުގެ ކުރިން ދުބާއީގައި [ސެޕްޓެމްބަރު 25 އަދި 26] ދެ ދުވަސް ހޭދަކުރަން ރާވާފައިވާ ކަމަށެވެ.
"އެހެން ނަމަވެސް އިންޑިއާއިން ވިސާ ލިބުން ލަސްވުމުން ޓީމް ބޮންޑިން ސެޝަން ކެންސަލް ކުރަން ޖެހުނީ."
ވިސާ ވަގުތުން ލިބިއްޖެ ނަމަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ހައިދަރުއާބާދަށް ޓީމު ފުރުމަށް ވަނީ ހަމަޖެހިފައެވެ.
1947 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންވި ފަހުން ދެ ގައުމަކީ ވެސް ވަރަށް ވަރުގަދަ ވާދަވެރި ދެ ގައުމެވެ. އޭގެ ފަހުން ތިން ހަނގުރާމައެއް ކޮށްފައިވާއިރު، އެ ގައުމުގެ ރައްޔިތުން ބޯޑަރު ހުރަސްކުރުމުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
ޕާކިސްތާނުގެ ކްރިކެޓް ޓީމު އެންމެ ފަހުން 2016 ވަނަ އަހަރު ޓީ-20 ކްރިކެޓް ވޯލްޑް ކަޕްގައި ބައިވެރިވުމަށް އިންޑިއާއަށް ދިޔައިރު، 2006 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ޕާކިސްތާނަށް ކްރިކެޓް ޓީމު ފޮނުވާފައެއް ނުވެއެވެ.
މި ދެ ޓީމު އެންމެ ފަހުން ބައިލެޓަރަލް ސީރީޒް ކުޅެފައިވަނީ 2012 ވަނަ އަހަރު އެވެ.
ބޭރުގެ ދަތުރުވެރިންނަށް ވިސާ ދޫކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ އިންޑިއާގެ ހޯމް މިނިސްޓްރީގެ ފޮރިންސް ޑިވިޝަނުގެ ބަހެއް މިކަމާ ގުޅޭ ގޮތުން މީޑިއާއަށް ލިބިފައެއް ނުވެއެވެ.
ޕާކިސްތާނުގެ ޕްރީ މުބާރާތުގެ ވޯމްއަޕް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ހައިދަރުއާބާދުގައެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އަހްމަދުއާބާދުގައެވެ.