އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އުރީދޫއިން މފަހަރު ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.
އުރީދޫއިން ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ހަވީރު ކަމަށްވާއިރު މިހާރު ވަނީ ފަންރަން ގައި ރަޖިސްޓާ ކޮށް ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލާފައެވެ.
އުރީދޫ ފަން ރަން ބިބް ގައި ނަން ޖަހާނެ ގޮތް:
- ރަޖިސްޓާ ކޮށްލުމަށް މޫލީއަށް
- ބޭނުންވާ ކިޓާއި ސައިޒު އިހްތިޔާރުކޮށް ކާޓް އަށް އެޑް ކުރުމަށްފަހު
- ކާޓް އިހްތިޔާރުކޮށް ޗެކްއައުޓް ކުރުމަށްފަހު
- ޑެލިވަރީ އެޑްރެސް އިހްތިޔާރު ކުރުމަށްފަހު
- ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖައްސަވަން ބޭނުންފުޅުވާ ނަން ނަން (ގިނަވެގެން 7 އަކުރު) ޖަހާ އޯޑަރު ކަށަވަރު ކުރުމަށް ފައިސާ ދެއްކޭނެއެވެ.
އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ. އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ، 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްގެ އިތުރުން ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑާއި ފޮތިކޮޅަކާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމޭނޭ، 200 ރުފިޔާގެ ފަން ކިޓްއެވެ.
ފަންރަން އޮންނަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭހެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ހަވީރު ބާއްވާ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.