ފިނޭންސް މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާ އަލްމަރުހޫމް އަހްމަދު މުޖުތަބާ އަށް ހާއްސަ ކޮށްފިއެެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުއްލި ގޮތަކަށް މުޖުތަބާ ނިޔާވިއިރު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވްގެ މަގާމުގައެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ ފުރަތަމަ ފަންގިފިލާ މުޖުތަބާގެ ހަނދާނުގައި ހާއްސަކޮށްފައި ވަނީ މުޖުތަބާ ކޮށްދެއްވި ލާމަސީލު ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. މުޖުތަބާގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން "މުޖުތަބާ ފްލޯ"ގެ ނަން ދީފައިވާ އެ ފަންގިފިލާ ހުޅުވައިދެއްވީ މުޖުތަބާގެ ކޮއްކޮ މުރުތަޟާ މަޖުދީއެވެ.

2008 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގަތް މުޖުތަބާ ވަނީ ފާއިތުވި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ. މުޖުތަބާ ވަނީ ކުރިން ޓެންޑާ ބޯޑުގެ އިސް ވެރިޔާގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.