ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަނާ ގައުމާ މުހާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް މާދަމާ ހެނދުނު 10:00 ޖަހާއިރު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. މާދަމާ ފާހަގަ ކުރަމުން މި ދަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 55 އަހަރު ފުރޭ ތާރީހީ މުނާސަބަތެވެ.

މިއީ ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ރައީސް ގައުމާ މުހާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ. ރިޔާސީ ދައުރު ނޮވެމްބަރު 17 ގައި ފުރިހަމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ދުރުވެ ވަޑައިގަންނަވާނެތީ ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ މުލިއާގެ ދޫކުރައްވާ އަމިއްލަ ގެކޮޅަަކަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ.

ރައީސް ސޯލިހާއި، އަނބިކަނބަލުން ފަޒްނާ މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގައެވެ.

ރައީސް ސޯލިހު މުލިއާގެއިން ބަދަލުވެވަޑައިގެންނެވި އެ ގޮޅަށް ދެން ވަޑައިގަންނަވާނީ މިމަހުގެ 17 ގައި ހުވާ ކުރައްވައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.