އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި ސްޕޯޓްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފިތް ކަނޑައިގެންދާވަރުގެ ކަންކަން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން އިއްޔެ ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ 2018 އިން 2023އަށް ކުރި ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓު އާންމުކޮށްފައެވެ.
40 ސޮފްހާގެ އެ ދިގު އޮޑިޓް ރިޕޯޓު ބަލާލިއިރު ފެންނަންވެސް ހުރީ ހުސްވެސް އިހުމާލެވެ. ހަރަދުތަކުގެ ލިޔެކިޔުމެއް ނެތް އެތައް މަޝްރޫއަކާއި ފަރުވާ ކުޑަ ކަމާއި އިސްރާފުގެ އެތައް ކަމެއް އެ ރިޕޯޓުން ފެންނަން ހުއްޓެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގައި ސްޕޯޓްސް މިނިސްޓްރީން ވަނީ 576 މަޝްރޫއަކަށް 1 ބިލިއަން ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައެވެ.
2018 އިން 2021 ވަނަ އަހަރަށް ބަލާއިރު، 2022 ވަނަ އަހަރު ފިޔަވައި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ގޮސްފައިވާ ކަމަށާއި އަދި 2023 ވަނަ އަހަރު މި އަދަދު ވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އަހަރަކަށްވުރެ އަހަރެއް މަޝްރޫއުތައް އިތުރުވެފައިވީ ނަމަވެސް، މަޝްރޫއުތަކާ ގުޅޭ އެންމެހާ ކަންކަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައިނުވޭ:
ދައުލަތުގެ އޮފީސްތަކުގެ ހިސާބުތަކުގެރިކޯޑުތައ،ް އިދާރީ ބޭނުންތަކަށާއ،ި އޮޑިޓްކުރަން ފަސޭހަވާނެ ގޮތަށް ތަރުތީބުން ރައްކާތެރިކަމާއެކ،ު ރައްކާތެރި ތަނެއްގައިބަހައްޓަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.ނަމަވެސް މިނިސްޓްރީއިން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ މައުލޫމާތު އެންމެ ފުރިހަމައަށް އެއްތަނަކުން އެނގޭނެފަދަ ގޮތަކަށް ރިކޯޑުކޮށްފައި ނުވަތަ ޑޭޓާބޭސް އެއްގައި ބަލަހައްޓަމުން ގެންގޮސްފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
- މިނިސްޓްރީއިން ހިންގާ މަޝްރޫއުތަކާ ބެހޭ ލިޔެކިޔުންތައް ފައިލްތަކުގައި ރައްކާކޮށްގެން ބަލަހައްޓަމުން ގެންދިޔަ ނަމަވެސް، މި ފައިލްތަކުގައި އެ މަޝްރޫއުއަކާ ގުޅޭ ހުރިހާ މަޢުލޫމާތުތައް ރައްކާކޮށް އަދާހަމަކޮށްފައި ނުވޭ.
- މިގޮތުން މަޝްރޫއުގެ ސައިޓް ހަވާލުކުރިލިޔުމާއ،ި ސައިޓް ލޮގް ޝީޓުތަކާއ،ި ޕްރޮގްރެސް ރިޕޯޓުތަކާއ،ި މަސައްކަތް ނިންމިގޮތުގެ (ކޮމްޕްލީޝަން ސެޓްފިކެޓް) ރިޕޯޓުތަކާއިއަދި އިންސްޕެކްޝަން ރިޕޯޓުތައް ބައެއް ފައިލްތަކުގައިފައިލްކޮށްފައި ނެތް.
- އެހެންކަމުން މި މަޝްރޫއުތަކާއި ބެހޭ މުހިންމު ލިޔެކިޔުންތައް ފައިލްކޮށްފައިނުވުމުގެ ސަބަބުން ގިނަ މަޝްރޫއުތަކުގެ މަސައްކަތްފަށަން ޖެހޭ ތާރީހާއ،ި ނިންމަންޖެހޭ ތާރީހުގެ އިތުރުން މަސައްކަތް ފެށި ތާރީހުވެސް ދެނެ ނުގަނެވޭ.
އެއް މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މަސައްކަތްތައް ބައިބައި ކޮށްގެން ކުރިއަށް ގެންދިއުން:
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުވާ ގޮތުން ަކިގޮތަކަށް ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގެ ގޮތުން ޕްރޮކިއުމަންޓުގެ ވާދަވެރިކަން ގެއްލޭގޮތަށް އެއްކަމެއްގެގޮތުގައި ބެލޭ ކަންތައްތައް ވަކިވަކި ނުކުރުމަށް އަންގާފައި ވެއެވެ. އެގޮތުން ްރޮކިއުމަންޓެއްގެ އަގު 5,000,000 (ފަސް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނަމ،ަ އެ މަޝްރޫއެއްކުރިއަށް ގެންދިއުމަށް ހުއްދަދޭނ،ީ ނެޝަނަލް ޓެންޑާ ބޯޑުންނެވެ.
ނަމަވެސް، މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ތެރޭ ހިމެނޭ ފުޓްސަލް ދަނޑުތަކާއ،ި ފުޓްބޯޅަ ދަނޑުތައްއެޅުމުގެ ނުވަތަ ތަރައްގީ ކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވަނީ އިސްވެ ބަޔާންކުރެވުނު މާއްދާއާ ހިލާފަށް އެ މަޝްރޫއުތަކުގެ ތެރޭ ހިމެނޭ ވަކިވަކި ބައިތައް ތަފާތު އެކިއެކި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށ،ް އޭގެ ތެރެއިން ކޮންމެ ބަޔަކީ ވަކިމަޝްރޫއޫއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށް ވެއެވެ.
އެގޮތުން 129 މަޝްރޫއުގެ ތެރެއިން 23 މަޝްރޫޢެއްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެ މަޝްރޫއެއްގައިހިމެނޭ އެއްކޮށް ކުރެވިދާނެ ފަދަ މަސައްކަތްތައް ބައިބައިކޮށް އެކިއެކި ކޮންޓްރެކްޓަރުނާ ހަވާލުކޮށްގެން ކަމަށް ރިޕޯޓުގައި ބުނެއެވެ.
ފަސް މިލިއަން ރުފިޔާގެ އަގަށް ވުރެ ބޮޑު މަޝްރޫތަކުގެ މަސައްކަތް ބައިބައިކޮށް ވަކިވަކިކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ ޓެންޑާ ބޯޑަށް ހުށަހެޅުމުގެ ބަދަލުގައި މިނިސްޓްރީން ބިޑްކޮށްގެން ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.
އަދި ހަމަ އެހެންމެ އެއް މަޝްރޫއެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތައް ވަކިވަކިކޮށް ވަކި މަޝްރޫތަކުގެ ގޮތުގައި ވަކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުން ކުރިން ކުރި މަސައްކަތް ދެ ފަހަރަށް ކުރަން ޖެހި ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް މަޝްރޫތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ހަރަދުކުރި ނަމަވެސް ބައެއް ޔޫތު ސެންޓަރުތައް ބޭނުންކޮށްފައި ނެތް:
ކުޅިވަރުކުޅުމަށާއި ޒުވާނުންގެ އެކިއެކި ހަރަކާތްތަކަށް ހިންގުމަށް ރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިނިސްޓްރީއިން ޔޫތު ސެންޓަރުތައް ގާއިމުކޮށްފައިވެއެވެ.
މިނިސްޓްރީން ޔޫތު ސެންޓަރުތައް ގާއިމުކޮށްފައިވާ ރަށްތަކުގެ ލިސްޓެއް ހޯދައި މި ލިސްޓުގައި ހިމަނާފައިވާރަށްތަކުގެ ޔޫތު ސެންޓަރުތަކުގެ ހާލަތާބެހޭ މަޢުލޫމާތު ހޯދުމަށް އޮޑިޓަރުންވަނީ ކައުންސިލުގެ އިދާރާތަކަށް އޮޑިޓް މަރުހަލާތެރޭގައިސިޓީ ފޮނުވާފައެވ.ެ އަދި ކައުންސިލްގެ އިދާރާތަކުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރ،ު ބައެއް ޔޫތު ސެންޓަރުތައް ވަކި ހިސާބަކަށްމަސައްކަތް ކުރިޔަށް ގެންދިއުމަށްފަހު ހުއްޓާލާފައިވާކަމާއި ބައެއް ޔޫތު ސެންޓަރުތައް ބިނާ ކުރުމަށްފަހު ރަނގަޅަށް ނުބެލެހެއްޓުމުގެސަބަބުން ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
މިހެން މިކަން ދިމާވެފައިވަނީ މިނިސްޓްރީއިން ރަށްރަށުގައި ޔޫތު ސެންޓަރުތައް އިމާރާތްކުރުމުގެ ކުރިން އެތަންތަން ބޭނުންކުރާނެގޮތްތައް ކަނޑައަޅާފައިނުވުމުންނާއި އެ ރަށްރަށުގައި މިފަދަ މަރުކަޒެއްގެ ބޭނުންތެރިކަން ހުރި މިންވަރު މަސައްކަތް ފެށުމުގެ ކުރިންވަޒަންކޮށްފައިނުވުމުން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
މަޝްރޫއަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓް ކޯޑު ނޫން އެހެން ކޯޑެއްގައި ހަރަދު ރިކޯޑުކޮށްފައިވުން
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ތަކަކީ ކޮންމެ މަޝްރޫއަކަށް ފާސްކުރެވުނު ބަޖެޓާއ،ި އެ ބަޖެޓުން ކުރެވުނު ޚަރަދުތަކާ އަދި އެ މަޝްރޫއެއްގެ ބަޖެޓުގެ ބާކީ ވަކިން ދެނެގަތުމުގެ ބޭނުމުގައ،ި ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިން ސިސްޓަމް (އެސްއޭޕީ)ގައި ކޮންމެ މަޝްރޫއަކަށް ވަކި ޕްރޮޖެކްޓް ކޯޑެއް ކަނޑައަޅައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.
ރައްޔިތުންގެ މަޖިލީހުން އެއަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައިވެސް އެ މަޝްރޫއަކަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓް ކޯޑު ހިމަނާފައިވެއެވެއެވެ. މިގޮތުން މަޝްރޫއުތަކަށް މިނިސްޓްރީން ކުރާ ހަރަދުތައް އެސްއޭއޭޕީގައި ރެކޯޑު ކުރާއިރު، އެ މަޝްރޫއަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓު ކޯޑުގެ ދަށުން ޚަރަދުތައް ހިމެނުމަކީ ކޮންމެ މަޝްރޫއަކަށް ހިނގާ ޖުމުލަ ހަރަދާއ،ި ބަޖެޓުގެ ބާކީ ދެނެގަތުމަށް ކުރާ ކަމެކެވެ.
ނަމަވެސް، މިނިސްޓްރީން ހިންގަމުންދާ ބައެއް މަޝްރޫއުތަކުގެ ހަރަދުތައް ޕަބްލިކް އެކައުންޓިން ސިސްޓަމު (އެސްއޭޕީ)ގައި ރިކޯޑުކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ނޫންކަމަށް އޮޑިޓު ރިޕޯޓުން ފާހަގަކޮށްފައިވެއެވެ. މިގޮތުން އެ މަޝްރޫއަކަށް ކަނޑައަޅާފައިވާ މަޝްރޫއު ކޯޑުގައި ރިކޯޑުކުރުމުގެ ބަދަލުގައި އެހެން މަޝްރޫއެއްގެ ކޯޑުގައި ރިކޯޑުކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ.
އެޑްވާންސް ފައިސާ 50 ޕަސަންޓަށް ވުރެ ގިނައިން ދީފައިވުން:
މާލިއްޔަތު ގަވާއިދުގައި ބުނެފައި ވަނީ މަސައްކަތް ނުވަތަ ހިދުމަތް ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ހަވާލުވާ ފަރާތުން އެ ކަމަކާ ހަވާލުވާ ފަހުން 45 ދުވަހުގެ ތެރޭގައި އެޑްވާންސް ފައިސާ ދޭން އެދިއްޖެނަމަ ޖުމުލަ އަގުގެ 15 ޕަސަންޓަށް ވުރެ ކުޑަ ނުވާ އަދަދަކަށް ފައިސާ ދެވިދާނެ ކަމަށެވެ.
ނަމަވެސް ދަނޑުތަކަށް ޓާފް ސަޕްލައިކޮށްދިނުމަށާއި ޓާފް އެޅުމަށް ހަވާލުވި ބައެއް ކުންފުނިތަކަށް މަސައްކަތް ހިންގާ ސައިޓަށް ތަކެތި ގެންދިއުމުގެ ކުރިން އެޑްވާންސްގެ ގޮތުގައި 55 ޕަސަންޓަށްވާ ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓްގައި ފާހަގަކޮށްފައި ވެއެވެ.